ބަޖެޓްކޮށްފައި ވަނީ ފަސް ދާއިރާއެއްގެ ސްޕެޝަލިސްޓް ހޮސްޕިޓަލްތަކެވެ. އޭގެ ތެރޭގައި ކެންސަރު ބަލީގެ ފަރުވާ އާއި ބޯންމެރޯ ޓްރާސްޕްލާންޓް ކުރުމާއި އޯގަން ޓްރާންސްޕްލާންޓް ހެދޭނެ ހޮސްޕިޓަލްތައް ހިމެނެ އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ފަސް ސްޕެޝަލިސްޓް ހޮސްޕިޓަލް އެޅުމަށް ހިމަނައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ އަންނަ އަހަރަށް ލަފާކުރާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތަފްސީލުތައް ވިދާޅުވެދެއްވާފަ އެވެ. ބަޖެޓުގައި ސިއްހީ ހިދުމަތް ހޯދުމަތް ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް ނައްތާލުމަށް ފަސް ސްޕެޝަލިސްޓް ހޮސްޕިޓަލް އަޅަން ވަނީ ހިމަނާފަ އެވެ.
ފިނޭންސް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، މި ފަސް ހޮސްޕިޓަލުން ހިދުމަތް ދޭން ފެށުމާއެކު އައިޖީއެމްއެޗަށް އޮންނަ ބާރު ވަރަށް ބޮޑުތަކުން ކުޑަވެގެން ދާނެ އެވެ. ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަން ހައެއްކަ މަސް ދުވަހަށް ދެމިގެންދާ ދިގު ކިޔޫ ކުޑަވެގެން ދާނެ އެވެ. އަދި އާސަންދައަށް ވެސް ލުޔެއް ލިބިގެންދާނެ އެވެ.
ބަޖެޓްކޮށްފައި ވަނީ ފަސް ދާއިރާއެއްގެ ސްޕެޝަލިސްޓް ހޮސްޕިޓަލްތަކެވެ. އޭގެ ތެރޭގައި ކެންސަރު ބަލީގެ ފަރުވާ އާއި ބޯންމެރޯ ޓްރާސްޕްލާންޓް ކުރުމާއި އޯގަން ޓްރާންސްޕްލާންޓް ހެދޭނެ ހޮސްޕިޓަލްތައް ހިމެނެ އެވެ. މި ހޮސްޕިޓަލުތައް ގާއިމް ކުރުމުން މި ހިދުމަތްތައް ހޯދަން ރާއްޖޭން ބޭރަށް ދާކަށް ނުޖެހޭނެ އެވެ.
"އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ފާހަގަކޮށްލެވޭ ސިއްހީ ދާއިރާއަށް ހާއްސަކޮށްފައިވާ މަޝްރޫއުތަކުގެ ތެރޭގައި ކެންސަރުގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލަކާއި މެންޓަލް ހެލްތު ހޮސްޕިޓަލެއް ގާއިމުކުރުން ހިމެނޭ. އަދި އެކިރަށްރަށުގައި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލުތަކުން ލިބޭ ހިދުމަތްތައް ފުޅާކުރުމާއެކު އެތަންތަން ތަރައްގީކުރުމަށްވެސް މި ބަޖެޓުގައި އިސްކަންދީފައިވާނެ،" ބަޖެޓް ބަޔާން އިއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.
ބަޖެޓުގައި ހިމަނާފައިވާ އަނެއް ކަމަކީ، ރާއްޖޭގެ އެކި ސަރަހައްދުތަކުން ސަރަހައްދީ ފެންވަރުގައި ސިއްހީ ހިދުމަތް ފުޅާ ކުރުމަށެވެ. އޭރުން މަދު ހާލަތެއްގައި ނޫނީ މާލެ އަންނަން ނުޖެހޭނެ އެވެ. އަތޮޅުތެރޭގެ ހުރިހާ ހޮސްޕިޓަލްތަކަކާއި ސިއްހީ މަރުކަޒުތަކެއް ގިންތިކޮށް، ހިދުމަތްތައް ކަނޑައަޅައި، ޕްރައިމަރީ ހެލްތު ކެއާ ފުޅާ ކުރަން ވަނީ ބަޖެޓްކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި، މާލެ އާއި އަތޮޅުތެރޭގައި ޖެނެރަލް ޕްރެކްޓިޝަނާސް ކްލިނިކްތަކެއް ގާއިމް ކުރަން ވެސް ބަޖެޓްކޮށްފައިވެ އެވެ. މި ކްލިނިކްތަކުގެ ސަބަބުން ވެސް އައިޖީއެމްއެޗަށް އޮތް ބާރު ކުޑަވެގެން ދާނެ އެވެ. ޖެނެރަލް ބަލިތަކުގައި ކްލިނިކްތަކަށް ދެއްކުމަށްފަހު، ސްޕެޝަލިސްޓުންނަށް ދައްކަން ޖެހޭނީ ޕީޖީ ކްލިނިކްތަކުގައި ތިބޭ ޑޮކްޓަރުން ލަފާދިނުމުންނެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު މިހާރު އޮތް ގޮތުން އަތޮޅުތެރޭގެ ރައްޔިތުން ބަރޯސާ ވެފައި އޮންނަނީ މާލެއަށެވެ. ނުވަތަ ދާން ޖެހެނީ ރާއްޖޭން ބޭރަށެވެ. ސަރުކާރުގެ އަމާޒަކީ ހާއްސަކޮށް އަތޮޅުތެރޭގެ ރައްޔިތުން މާލެ ނައިސް އެ ރަށެއް ހުންނަ ސަރަހައްދަކުން ހިދުމަތް ހޯދުމެވެ،