އަންނަ އަހަރަށް 56.6 ބިލިއަންގެ ބަޖެޓެއް | 6.6 މިލިއަން ސަލާމަތްވާނެ

އާމްދަނީ އިތުރު ކުރުމުގެ ފިޔަވަޅުތަކާއެކު މި އަހަރު 4.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާއެކު 6.6 ބިލިއަން ރުފިޔާ ސަލާމަތް ވާނެ ކަމަށް އަންދާޒާކޮށް، އަންނަ އަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި އެވެ. 

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުން މަޖިލީހަށް ހުށަހެޅުއްވި އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލައަކީ 56.6 ބިލިއަން ރުފިޔާ އެވެ. މި ބަޖެޓުގައި ފިސްކަލް ރިފޯމް އެޖެންޑާގައި ހިމެނޭ ކަންކަން ތަންފީޒުކޮށްގެން ހަރަދު ކުޑަކޮށް، 6.6 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. 

ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް

  • ސަބްސިޑީ އެންމެ ބޭނުންވާ ފަރާތްތަކަށް ދިނުން
  • އާސަންދަ ނިޒާމު އިސްލާހު ކުރުން
  • ތެލުގެ އަގަށް އަންނަ ބަދަލުތަކުން ކުރާ އަސަރު ކުޑަ ކުރުން
  • ދައުލަތުގެ ޕެންޝަން ނިޒާމު އިސްލާހުކޮށް ތަކުރާރު ނުވާނެ ގޮތް ހެދުން
  • އެސްއޯއީތައް ރިފޯމް ކުރުން

އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އާމްދަނީ އިތުރު ކުރުމުގެ ފިޔަވަޅުތަކާއެކު 4.9 ބިލިއަން ރުފިޔާ މި އަހަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.  

އާމްދަނީ އިތުރު ކުރުމުގެ ފިޔަވަޅުތައް

  • ސިނގިރޭޓް ބިޑިން ނަގަމުންދާ ޑިއުޓީ ބޮޑު ކުރުން
  • އެއާޕޯޓް ޓެކުހާއި ފީ ރޭޓްތައް މަތި ކުރުން
  • ގްރީން ޓެކުހުގެ ރޭޓް މަތި ކުރުން
  • އަމިއްލަ ފަރާތްތަކުގެ ބިން ހިއްކުން ފީއެއް ނެގުން
  • ޓީޖީއެސްޓީ ރޭޓް މަތި ކުރުން
  • ޓީޖީއެސްޓީ ނިޒާމުގައި ޑެސްޓިނޭޝަނަލް ޕްރިންސިޕަލް ފުރިހަމައަށް ތަންފީޒު ކުރުން
  • ފްރީކްއެންސީ ސްޕެކްޓްރަން ފީއެއް ނެގުން

މިނިސްޓަރު މިއަދު ހުށަހަޅުއްވާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި 39.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވެ އެވެ. އެއީ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 2.5 ބިލިއަން ރުފިޔާއާއި، އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 37.2 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރު ބަޖެޓުގެ ޖުމްލަ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާ އެވެ. އަދި ދަރަނި އަދާކުރުމުގެ ހަރަދުތައް ނުހިމަނައި އާމްދަނީއާއި ހަރަދުގެ ފަރަގު ނުވަތަ ޕްރައިމަރީ ޑެފިސިޓުގެ ގޮތުގައި ލަފާކޮށްފައިވަނީ 3.9 ބިލިއަން ރުފިޔާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.