މިއަދު މަޖިލީހުގައި ނެގި ވޯޓުގައި މި ތިން ބޭފުޅުންވެސް މިނިސްޓަރުކަމަށް އައްޔަންކުރުމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 86 މެންބަރުންވެސްވަނީ ތާއީދުކުރައްވައި ވޯޓު ދެއްވާފަ އެވެ.
ކެބިނެޓަށް ގެނައި ބަދަލުގައި، ތިން މިނިސްޓްރީއަކަށް އަލަށް އައްޔަނު ކުރި މިނިސްޓަރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ކެބިނެޓަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނެވި ބަދަލާއެކު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަފީގުގެ މަގާމު ވަނީ ގެއްލިވަޑައިގެންފަ އެވެ. ފިނޭންސް، ފޮރިން އަދި ހެލްތު މިނިސްޓްރީއަށް ރައީސް ވަނީ ބަދަލު ގެންނަވާފަ އެވެ.
އެބަދަލަކީ؛
މޫސާ ޒަމީރު ކުރިން ހުންނެވީ ފޮރިން މިނިސްޓަރަށެވެ. ހަލީލް ހުންނެވީ ހެލްތުގަ އެވެ. ކެބިނެޓަށް އަލަށް އައްޔަނު ކުރެއްވީ ނާޒިމް އެވެ.
މި ބޭފުޅުންނަށް ރުހުން ހޯއްދަވަން ރައީސް މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާ ކުރެއްވުމަށްފަހު ކޮމެޓީގެ އިއްތިފާގުން ނިންމާފައިވަނީ ތިން މިނިސްޓަރުންނަށް ވެސް ރުހުން ދިނުމަށެވެ.
ތިން ބޭފުޅުންގެ މައްސަލައެއް އޮތްތޯ ކަމާ ގުޅުން ހުރި އިދާރާތަކަށް ހުށަހެޅުމުން، މައްސަލައެއް ނެތް ކަމަށް ކޮމެޓީގައި ވަނީ ފާހަގަކޮށްފަ އެވެ. މައުލޫމާތު ސާފުކުރި އިދާރާތަކުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ހިމެނެ އެވެ.
މިއަދު މަޖިލީހުގައި ނެގި ވޯޓުގައި މި ތިން ބޭފުޅުންވެސް މިނިސްޓަރުކަމަށް އައްޔަންކުރުމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 86 މެންބަރުންވެސްވަނީ ތާއީދުކުރައްވައި ވޯޓު ދެއްވާފަ އެވެ.
މިއީ ރައީސް މުއިއްޒުގެ ކެބިނެޓަށް ބަދަލު ގެންނެވި ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ ކުރީން ސަރުކާރުގެ އެހެން މަގާމުތަކަށް ބަދަލުތައް ގެނެސްފައިވެ އެވެ. އެގޮތުން ސްޓޭޓް މިނިސްޓަރުންނާއި ނާއިބުންނާއި ކުންފުނިތަކުގެ ވެރީން އަދި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މަގާމުތަކުން ވަކި ކުރައްވާފައިވެ އެވެ.