ރިޕޯޓުގައި ބުނެފައިވާ ގޮތުން ނިމުނު އަހަރު ދައުލަތުގެ ކުންފުނިތަކަށް އާމްދަނީގެ ގޮތުގައި ލިބުނީ 53 ބިލިއަން ރުފިޔާ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި ލިބުނީ 6.39 ބިލިއަން ރުފިޔާ އެވެ.
ފާއިތުވި އަހަރު ދައުލަތުގެ ކުންފުނިތަކަށް ލިބުނު ޖުމްލަ ފައިދާގެ 98 އިންސައްތަ ހިއްސާކުރަނީ ފަސް ކުންފުންޏަކުންކަމާއި، ހުރިހާ އެސްއޯއީއެއްގެ ޖުމްލަ ދަރަނި 124.9 ބިލިއަން ރުފިޔާއަށް އަރާކަން ޕީސީބީގެ ރިޕޯޓަކުން ހާމަވެއްޖެ އެވެ.
ދައުލަތުގެ ކުންފުނިތަކުގެ އަހަރީ މާލީ ހިސާބުތައް ހިމެނޭ ރިޕޯޓުގައި ބުނެފައިވާ ގޮތުން ނިމުނު އަހަރު ދައުލަތުގެ ކުންފުނިތަކަށް އާމްދަނީގެ ގޮތުގައި ލިބުނީ 53 ބިލިއަން ރުފިޔާ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި ލިބުނީ 6.39 ބިލިއަން ރުފިޔާ އެވެ.
2022 ވަނަ އަހަރު ކުންފުނިތަކަށް އާމްދަނީގެ ގޮތުގައި ލިބުނީ 47.09 ބިލިއަން ރުފިޔާ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި ލިބުނީ 4.08 ބިލިއަން ރުފިޔާ އެވެ.
ސާފު ފައިދާގެ ގޮތުގައި ކުންފުނިތަކަށް ލިބުނު 6.3 ބިލިއަން ރުފިޔާގެ ބޮޑު ބަޔަކީ އެންމެ ފަސް ކުންފުންޏަކަށް ލިބުނު ފައިދާ އެވެ. އެއީ
އެހެންކަމުން މި ފަސް ކުންފުންޏަށް 5.5 ބިލިއަން ރުފިޔާއަށްވުރެ ބޮޑު ފައިދާއެއް ލިބިފައިވެ އެވެ. އެއީ އެސްއޯއީތަކަށް ލިބުނު ޖުމްލަ ފައިދާގެ ގާތްގަނޑަކަށް 90 އިންސައްތައާ ގާތްކުރާ އަދަދެކެވެ.
އެސްއޯއީތަކުގެ ފައިދާ 6.3 ބިލިއަން ރުފިޔާއަށް އެރިއިރު އެ ކުންފުނިތަކުގެ މާލީ އިލްތިޒާމުތައް ނުވަތަ ލައިބިލިޓީސްވަނީ 124.9 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އަދި އެ ދަރަނީގެ ތެރެއިން 12.67 ބިލިއަން ރުފިޔާގެ ދަރަންޏަކީ ދައުލަތުގެ ގެރެންޓީ ދީފައިވާ ދަރަންޏެވެ.
ޕީސީބީން ފާހަގަކުރި ގޮތުގައި އެސްއޯއީތަކުގެ ތެރޭގައި ދަރަންޏާއި އެސެޓުތަކުގެ ރޭޝިއޯ %50 އަށްވުރެ މަތީގައި ހުރި ކުންފުނިތައް އެބަހުއްޓެވެ. އެ ކުންފުނިތަކަކީ ހަރަދުތަކުގެ ދެބައިކުޅަ އެއްބައަށްވުރެ ބޮޑު މިންވަރެއް ދަރަނިން ހަމަޖައްސަމުންދާ ކުންފުނިތަކެވެ.