މި ޓްރެކުގެ ދިގުމިނުގައި 500 މީޓަރު ކުރެ އެވެ. އަދި މި ޓްރެކުގައި 80 ކިލޯމީޓަރުގެ ބާރު މިނުގައި ދުއްވެ އެވެ.
ސްޕޯޓްސް ޓޫރިޒަމްގެ ވަސީލަތް ގާއިމް ކުރަން ކަނޑިންމަ ރިސޯޓުގައި ރާއްޖޭގެ ފުރަތަމަ އޯޝަން ފްރަންޓް ހައި ސްޕީޑް ގޯ-ކާޓް ޓްރެކް ގާއިމްކޮށްފި އެވެ.
ދ. އަތޮޅުގައި ހިންގާ ކަނޑިންމަ ރިސޯޓުގައި ތަރައްގީ ކުރި ގޯކާޓް ޓްރެކުގެ ދިގުމިނުގައި 500 މީޓަރު ހުރެ އެވެ.
ގަޑިއަކު 80 ކިލޯމީޓަރު ބާރު ދުވެލީގައި ދުއްވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޓްރެކްގައި ދުއްވާނީ ތިމާވެއްޓާ ރަހުމަތްތެރި އިލެކްޓްރިކް ކާޓް ތަކެވެ.
ކަނޑިންމަ ރިސޯޓް ހިންގާ ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސްގެ ސީއޯއޯ އަލްތަފް މުހައްމަދު އަލީ ވިދާޅުވި ގޮތުގައި އެ ކުންފުނީގެ މައިގަނޑު މަގުސަދަކީ އެ ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް ތަފާތު ކަންކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހި ކުރުމެވެ.
"އަޅުގަނޑުމެން އަބަދުވެސް ތަފާތު ތަޖުރިބާއެއް ޓޫރިސްޓުންނަށް ދެން. އާއިލާ އެއްކޮށް ދަތުރުކޮށްލާ އެޑްވެންޗާ އަށް ލޯބިކުރާ ފަރާތްތަކަށް މިއީ ތަފާތު ތަޖުރިބާއަކަށްވާނެ،" އަލީ ވިދާޅުވި އެވެ.
މި ފާސްޓް ޓްރެކްގައި އޯ-ކާޓް ދުއްވާލުމުގެ އަގު ފެށެނީ 35 ޑޮލަރުންނެވެ. އަދި މީގެ އިތުރުންވެސް ތަފާތު އެކި ޕެކޭޖުތައް އެ ކުންފުނިން ހަދާފައިވެ އެވެ.