ރައީސަކީ އަބްދުލްޣަނީ މުހައްމަދެވެ. އޭނާ އަކީ ހައިކޯޓްގެ ކުރީގެ ފަނޑިޔާރެކެވެ. ނާއިބު ރައީސަކީ އިބްރާހިމް ޝަރީފެވެ.
ޓެކްސް އެޕީލް ޓްރިބިއުނަލްއިން ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އައްޔަނު ކުރުމުން އެ އިދާރާގެ ރައީސާއި ނާއިބު ރައީސް ކަމަށް މެންބަރުން އިންތިހާބު ކޮށްފި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ހުޅުވާލީ އެ ކޮމިޝަންގެ ރައީސާއި ނާއިބު ރައީސާއި އިތުރު ދެ މެންބަރަކު މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ.
އެ މެންބަރުން ވަކިކުރެއްވީ ޓެކްސް އެޕީލް ޓައިބިއުނަލްގެ މެންބަރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ގޮތަކަށް މައްސަލަ ނިންމައި، ކޮރަޕްޝަންގެ އަމަލުތައް ހިންގާކަން ފާހަގަވެފައިވާތީ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމުމުންނެވެ.
މަގާމުގައި ހުންނެވީ ޓްރައިބިއުނަލްގެ މެންބަރު އިސްމާއިލް ސާޖިދު އެކަންޏެވެ. މަގާމުން ވަކިކުރި މެންބަރުންގެ މައްސަލަތައް މަޖިލީހަށް ހުށައެޅީ ސާޖިދެވެ.
ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލާން ހުޅުވައިލުމުން 13 ފަރާތަކުން ކުރިމަތިލާފައިވެ އެވެ. އޭގެ ތެރެއިން މަޖިލީހުން ރުހުން ދިން ހަތަރު ބޭފުޅުން ވަނީ މެންބަރު ކަމަށް އައްޔަނު ކޮށްފަ އެވެ. އެއީ؛
މެންބަރުން ހަމަވުމުން ޓްރައިބިއުލަންގެ ރައީސާއި ނާއިބު ރައީސް ވަނީ އިންތިހާބު ކޮށްފަ އެވެ.
ރައީސަކީ އަބްދުލްޣަނީ މުހައްމަދެވެ. އޭނާ އަކީ ހައިކޯޓްގެ ކުރީގެ ފަނޑިޔާރެކެވެ. ނާއިބު ރައީސަކީ އިބްރާހިމް ޝަރީފެވެ.
ޓެކްސްއާ ގުޅޭ އެކި މައްސަލަތައް ބަލާ ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ކުރީން ތިބި މެންބަރުން އައްޔަނު ކޮށްފައި ވަނީ 2020 ވަނަ އަހަރު އެވެ.