މައުލޫމާތު ލިބޭ ގޮތުގައި މި ހުށަހެޅުންތަކުގެ ތެރޭގައި ވ. އާރަށާއި ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާތައް ރިވިއުކޮށްދިނުމަށް ވަނީ އެދިފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ކުރާ މަސައްލަތައް ރިވިއު ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިއްޖެ އެވެ.
ޕީޖީ އޮފީހުން ވަނީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ކޯޓަށް ހުށަހަޅާފައިވާ ދައުވާތަކާއި، ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖައާކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.
އެ އޮފީހުން މައުލޫމާތު ދިން ގޮތުގައި ޖުމްލަ 539 މައްސަލަ ވަނީ ރިވިއުކުރަން ހުށަހަޅާފަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ހުށަހެޅުންތަކުގެ ތެރޭގައި ވ. އާރަށާއި ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާތައް ރިވިއުކޮށްދިނުމަށް ވަނީ އެދިފަ އެވެ.
ޕީޖީ އޮފީހުން ބުނެފައި ވަނީ ހުށަހަޅާފައިވާ ޝަކުވާތަކާއި، މުރާޖައާކުރުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅިގެން އެ އޮފީހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި ބަލަންޖެހޭ ބެލުންތައް ބަލައި މުރާޖައާކުރުމަށްފަހު، އެ އޮފީހުން ނިންމާ ގޮތެއް މައްސަލަ ހުށަހެޅި ފަރާތްތަކާ ހިއްސާ ކުރާނެ ކަމަށެވެ.
ޔާމީންގެ މައްޗަށް ދައުވާ ކޮށްފައިވާ ދެ މައްސަލަ ވެސް އޮތީ ކްރިމިނަލް ކޯޓުގަ އެވެ. އެކޯޓުން އާރަށު މައްސަލައިގައި ކުރި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލުކޮށް، އަލުން މައްސަލަ ބަލަން އެ ކޯޓަށް ވަނީ ތަހުވީލު ކޮށްފަ އެވެ. ފުއްގިރި މައްސަލަ ވެސް ނުހިނގާތާ ވަރަށް ދުވަސް ވެއްޖެ އެވެ.