"ޓިކްޓޮކް ގައި އަންހެނަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް ވަނީ އައިސްފައި. މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުން،"
ޓިކްޓޮކް ގައި އަންހެނަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސް އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފި އެވެ.
ދިވެހީންގެ މެދުގައި ޓިކްޓޮކްގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑުވެފަ އެވެ. ވަރަށް ގިނަ ބަޔަކު ޓިކްޓޮކް ގައި ލައިވް ޖައްސަ އެވެ. ބައެއް މީހުން ވަރަށް ހުތުރު ބަހުން މުއާމަލާތް ކޮށް ހަދަ އެވެ. ޒުވާބުތައް ހޫނުވެ މަރުގެ އިންޒާރު ދިނުން ފަދަ ކަންކަން ވެސް ހިނގަ އެވެ.
ފުލުހުން މިއަދު ބުނީ ޓިކްޓޮކް ގައި އަންހެނަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަމުންދާ ކަމަށެވެ.
"ޓިކްޓޮކް ގައި އަންހެނަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް ވަނީ އައިސްފައި. މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުން،"
ޓިކްޓޮކް ގައި މަރުގެ އިންޒާރު ދިނީ އައްޑޫ ސިޓީއަށް ނިސްބަތްވާ އަންހެނެކެވެ. އޭނާ މަރުގެ އިންޒާރު ދިނީ ޓިކްޓޮކް ގައި ވަރަށް މަޝްހޫރު އަންހެނަކަށެވެ. އެ ދެ މީހުންނަކީ ވެސް ޓިކްޓޮކް ގައި ވަރަށް ގިނައިން ލައިވް ޖައްސާ ދެ މީހުންނެވެ.
އެ އަންހެން މީހާ ވަނީ "މާލެ ފަސްގަނޑަށް އެރޭހާ އަވަހަށް ކަރުބުރިކޮށްލާނެ" ކަމަށް ބުނެ އިންޒާރު ދީފަ އެވެ. އެ މީހާ އިންޒާރު ދިނީ އޭނާގެ ކުޑަދަރިފުޅާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވާ ކަމަށް ބުނެ އެވެ. ނަމަވެސް އެގޮތަށް ވާހަކަ ދައްކާފައި ނުވާނެ ކަމަށް އިންޒާރު ރައްދުވި މީހާ ބުނެފައިވެ އެވެ.
މިދިޔަ ދެ ރޭ އެ ދެ މީހުން ވެސް ވަނީ އެމީހުންގެ ގާތް އެކުވެރީން ބައިވެރިކޮށްގެން ލައިވްތައް ޖައްސާ އެކަކު އަނެއްކަކަށް ފުރައްސާރަކޮށް ލައިވް ކުރިއަށް ގެންގޮސްފަ އެވެ.
ޓިކްޓޮކްއަކީ ޒުވާބުކުރަން ވަންން ތަނެއްނޫން...މިތާ މަށައް މައްސަލަޔަކީ އަސްލޭ...ދެމީހުންކުރާޒުވާބެއްގެ ތެރެއައް ދަރިންލާކައްނުޖެހޭ... ދަރިންގެ މައްސަލައީކޮބާ؟ފުރަތަމަ ޖެހެނީ އަސްލޭގެ އަނގަ ބްލީޗް ލަާފަ ސާފުކުރަން