މަޖިލީސް ރައީސްވެސް މުސާރައިގެ 50 އިންސައްތަ ނުނަންގަވަން ނިންމަވައިފި

ރައީސް އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުން މުސާރައިގެ 50 ޕަސެންޓް ނުނަނަގަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ނިންމަވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދު ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުން މުސާރައިގެ 50 ޕަސެންޓް ނުނަނަގަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވައިފި އެވެ.

އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން މުސާރައިގެ 50 ޕަސެންޓް ނުނަނަގަވާ ގޮތަށް ހަމަޖައްސަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވަނީ ނިންމަވާފަ އެވެ. އެ ނޫން ވެސް މުހިންމު ގިނަ ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމެވި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއް ގައި އަބްދުއްރަހީމް ވިދާޅުވީ ދިވެހި ދައުލަތުގެ އިގްސާދީ ޙާލަތު ރަނގަޅު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން 10 ޕަސެންޓް ކުޑަ ކުރެއްވުމަށް ނިންމެވި ނިއްމެވުމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެމަނިކުފާނުގެ މުސާރައިން 50 އިންސައްތަ ނުނަގާ ގޮތަށް ނިންމަވާފައިވާ ކަމަށެވެ.

އެކްސް ގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވި ގޮތުގަައި އަންނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަ ދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ވާނީ ނިންމާފައެވެ. މިގޮތުން މުސާރަ އާއި ގުޅޭ ގޮތުން މުހިންމު ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ.

ވިދާޅުވީ މިއީ ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ. އެ ގޮތުން އެއް ކަމަކަށް ފާހަގަ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ މުސާރައިގެ %50 ނުނަންގަވާ ގޮތަށް ހަމަޖެއްސެވުމަށް ދެންނެވުމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މުސާރަ އަކީ މަހަކު 100،000 ރުފިޔާ އެވެ. އެހެން ކަމުން މި ބަދަލާ އެކު ކުރިއަށް އޮތް ދެ އަހަރު ދުވަހު ރައީސް މުއިއްޒު، މުސާރައިގެ ގޮތުގައި ނަންގަވާނީ މަހަކު 50،000 ރުފިޔާ އެވެ.

ދެން އަޅުއްވަން ނިންމެވި ފިޔަވަޅުތައް؛

  •  ސިޔާސީ މަގާމުތަކުގެ މުސާރައިން %10 އުނިކުރުން
  •  ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުން
  •  ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން
  •  މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރަން ހުށައެޅުން
  •  ޝަރުއީ ދާއިރާގެ އިސްވެރިންގެ މުސާރައިން %10 އުނިކުރަން ހުށައެޅުން
  •  ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން %10 އުނިކުރަން ހުށައެޅުން

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރީންގެ މުސާރަ ކުޑަކުރަން ނިންމެވިއިރު ބައެއް ކުންފުނިތަކުގެ ވެރީންނަކީ ވަރަށް ބޮޑު މުސާރައެއް ލިބިވަަޑައިގަންނަވާ ބޭފުޅުންނެވެ. އެ ގޮތުން ލައްކައަށް ވުރެ ބޮޑު މުސާރައެއް އެ ބޭފުޅުން ނަންގަވަ އެވެ.

ރައީސް ވިދާޅުވީ މި ފިޔަވަޅުތައް އެޅުމުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ މީހުން އިސްތިސްނާކުރާނެ ކަމަށެވެ.

ރާއްޖޭގެ ދަރަނީގެ ނިސްބަތް ބޮޑުވެ ސަރުކާރުގެ ހަރަދުތައް އިތުރުވެ އިގްތިސާދީ ހާލަތު އޮތީ ނާޒުކު ފައްތަރެއް ގަ އެވެ. އެ ހާލަތު ބަދަލުކޮށް އިގްތިސާދު ދުޅަހެޔޮ ކުރުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.