ޖުޑީޝަރީއާއި މަޖިލީހާއި މިނިވަން މުއައްސަސާތަކުގެ މުސާރަ ކުޑަކުރަން ހުށަހަޅުއްވަނީ

ޝަރުއީ ދާއިރާއާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކުރަން ހުށަހަޅުއްވާނެކަން ރައީސްވަނީ އިއުލާނު ކުރައްވާފަ އެވެ.

އދ. ގެ އާންމު މަޖިލީހުގެ ހަވާސާ ގައި އިއާދަކުރަނިވި ހަކަތައާ ގުޅޭގޮތުން ރާއްޖެއިން ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ޝަރުއީ ދާއިރާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރުމަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އަންނަ އަހަރަަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެޅުމަށް ނިންމަވާފައިވާ ބައެއް ފިޔަވަޅުތައް އިއުލާނުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ބަޖެޓުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ދެ އަހަރު ދުވަހުގެ މުއްދަތަށް މުސާރަތަކާ ގުޅިގެން ބައެއް ފިޔަވަޅުތައް އެޅުއްވުމަށް ނިންމަވާފައިވާ ކަމަށެވެ. 

އެގޮތުން ޝަރުއީ ދާއިރާގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިގެ %10 އުނިކުރުމަށް ހުށަހަޅުއްވަން ގަސްތުކުރައްވާ ކަމަށާއި، އަދި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން %10 އުނިކުރައްވަން ހުށަހަޅުއްވަން ގަސްތުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. 

އޭގެ އިތުރަށް ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރުމަށާއި، ބޭންކުތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން %10 އުނިކުރުމަށްވެސް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި ކުންފުނިތަކުގެ ވެރިންނަށް އެންމެ ބޮޑުވެގެން ދެވޭނެ މުސާރައަކީ 90،000 ރުފިޔާކަމަށް ކަނޑައެޅުމަށް ނިންމަވާފައިވާ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިހާރު ބައެއް ކުންފުނިތަކުގެ ވެރިންނަށް މުސާރައިގެ ގޮތުގައި އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އަދަދެއް ލިބެމުންދެ އެވެ. 

އަދި އެމަނިކުފާނަށް މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވާ 100،000 ރުފިޔާގެ ދެބައިކުޅަ އެއްބައި ނުނެންގެވުމަށް ނިންމަވާފައިވާކަމަށްވެސް ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވެފައިވަނީ ހަރަދު ކުޑަކުރުމަށް އަޅުއްވާ މިފިޔަވަޅުތަކަކީ ދެ އަހަރުގެ މުހުލަތަކަށް އަޅުއްވާ ފިޔަވަޅުތަކެކެވެ. 

ދައުލަތުގެ ރިކަރަންޓު ހަރަދުތައް އިތުރުވުމުގެ ސަބަބުން ބަޖެޓަށް ބޮޑެތި ތާށިކަން ކުރިމަތިވަމުންދާތީ ދައުލަތުން މުސާރައަށް ކުރާ ހަރަދުތައް ކޮންޓްރޯލުކުރުމަށް ބޭރުގެ މާލީ އިދާރާތަކުން އަންނަނީ ސަރުކާރަށް ލަފާ ދެމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.