ހައުސިން މިނިސްޓަރު ހައިދަރު ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތްތަކާއެކު ދައުލަތުގެ އެކި ވުޒާރާތަކުން ތަފާސް ހިސާބު ނެގުމަށް ބޮޑު ބަދަލެއް އަންނާނެ އެވެ.
ދައުލަތުގެ ތަފާސް ހިސާބު ނެގުން ރަނގަޅު ކުރަން ހާއްސަ މަސައްކަތް ތަކެއް ފަށަން ނިންމައި އަންނަ އަހަރަށް ބަޖެޓުކޮށްފި އެވެ.
ގައުމީ ތަފާސް ހިސާބުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. ހައިދަރު އަހުމަދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާގެ ދުރުރާސްތާ ގެ ތަސައްވަރު (އެންއެސްޑީއެސް 2021 - 2030) ގެ އަމާޒު ތަކަށް ވާސިލްވުމަށްޓަކާ ދައުލަތުގެ ތަފާސްހިސާބުގެ މަސައްކަތްކުރާ އިދާރާތައް ގުޅިގެން މިއަހަރު ވަނީ ސެކްޓޯރަލް އެކްޝަން ޕްލޭން އެއް 2025 އިން 2027 އަށް އެކުލަވާލާ ދައުލަތުގެ ބަޖެޓަށް ހުށަހެޅިފަ އެވެ. މިކަމުގެ ސަބަބުން ޑާޓާ ނެގުން ރަނގަޅު ވެގެންދާނެ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"އިދާރީ ގޮތުން ދައުލަތުން ނަގާ ބަލަހައްޓަމުންގެންދާ މަޢުލޫމާތު އެކުލެވޭ ސެކްޓޯރަލް އެކިއެކި ޑޭޓާބޭސްތައް ސްޓޭންޑަޑައިޒްކޮށް ފެންވަރު ރަނގަޅު ތަފާސްހިސާބު އަވަސްމިނެއްގައި އެކުލަވާލުމަށް ބޭނުންވާ އިންވެސްޓްމަންޓް ތަކަށް ފައިސާ ބޭނުން ވާނެ ވަރުވެސް މިޕްލޭންގައި ވާނީހިމެނިފަ،" މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތައް ހާސިލުކުރުމަށް ކަނޑައަޅާފަ އި ވާ އެސްޑީޖީ
އިންޑިކޭޓާތައް މިނެކިރުމަށް ބޭނުންވާ ތަފާސްހިސާބު ހޯދުމުގައި ގިނަ ގައުމުތަކެކޭ އެއް ފަދައިން ރާއްޖޭގައި ވެސް ބޮޑެތި ގޮންޖެހުން ތަކެއް އެބަހުރި ކަމަށާ މިކަމަށް ބޯހިމެނުމާއި ސާވޭތަކުން އެކަނި ފުއްދައެއް ނުލެވޭނެ ކަމަށެވެ.
"އެއް ބޯހިމުނުމާއި އަނެއް ބޯހިމެނުމާ ދެމެދުގައި ހޭދަވާ ދިގު މުއްދަތުގެ ތެރޭގައި ރާއްޖޭގެ އާބާދީ އަށް އަންނަ ބަދަލުތައް ދެނެގަތުމުގެ މުހިއްމުކަމުން މޯބައިލް ފޯން ޕޮޒިޝަނިން ޑޭޓާ ބޭނުންކޮށްގެން މާލޭގެ އާބާދީ އަށް އަންނަ ބަދަލު ރިއަލްޓައިމްކޮށް ދެނެގަތުމަށް އެމްބީއެސް އިން ޔޫއެންއެފްޕީއޭގެ އެހީގައި އޫރިދޫ އާއި ގުޅިގެން ޕައިލެޓް މަސައްކަތްތަކެއް ކުރެވުނު އަދި މިމަސައްކަތް އިތުރަށް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތަކަށް ކުރުމަށް،" ހައިދަރު ވިދާޅުވި އެވެ.
އެމެރިކާ އާއި ދުނިޔޭގެ އެހެން ގައުމުތަކުގައި މަސައްކަތްކޮށް ތަޖުރިބާ ހޯއްދަވާފައިވާ މިނިސްޓަރު ހައިދަރު ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން ވަޒީފާތަކާއި އާބާދީގެ ކަންކަމަށް އައި ބަދަލު ގިނަޤައުމުތަކުގައި ވަނީ ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ޑޭޓާ އާއި އިންޓެލިޖަންސް ގެ އެހީގައި ދެކެގަތް ކަމަށާ އަދި ރާއްޖޭގައި ވެސް އެދުވަސްވަރު ބިގް ޑޭޓާ ގެ އެހީގައި މިފަދަ ދިރާސާއެއް ކުރެވުނު ކަމަށެވެ. ނަމަވެސް އޭރު އެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެޅުނު އެންމެ ބޮޑެތި ހިރާސްތައް ކުރިމަތިވީ
އެމްބީއެސް އަށް މައުލޫމާތު ލިބުމުގެ ގޮންޖެހުންތަކާ ހެދިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"އަދި ވެސް އެފަދަ ހިރާސްތައް އެއްކޮށް ނައްތާލެވިގެނެއް ނުދޭ. ހަމަ އެއާއެކު މިފަދަ މަޢުލޫމާތުގެ އަލީގައި ޤައުމީ
ފެންވަރުގައި ގަ ވައިދުން ތަ ފާސްހިސާބު އެކުލަވާލުމަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އަޅުގަނޑު ފާހަގަކުރަން. އެއްކަމަކީ މިފަދަ ޑޭޓާއަކީ ޕްރައިވެޓް ސެކްޓަގައި އެއްކުރެވި ރައްކާކުރެވޭ އެއްޗަކަށްވުން. މި ޑޭޓާ ހޯދަ އި ލިބި ގަތުމަށް ހުރި ދަތިތަކާއި މިކަމަށް ބޭނުންވާ ފަންނިއް ޔާތާއި އިންސާނީ ވަސީލަ ތް ތަރައްގީކޮށް ތަޙްލީލީ ތަފާސް ހިސާބު އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ އިންވެސްޓްމަން ޓް ތަ ކަށް މިވަގުތު ފައިސާ ލިބެން ނެތުން،" މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.