ރަށްރަށަށް ބަނގުރާ ބާލާ ސަފާރީތަކަަށް ފިޔަވަޅުއަޅަނީ

އިތުރަށް އިހުސާން ވިދާޅުވީ ސަރުކާރުން ގާއިމުކުރާ މިންގަނޑުތަކުން ބެލުމަށްފަހު ކަނޑައެޅިފައިވާ ހުދޫދުން ބޭރުން ބަނގުރާގެ ވިޔަފާރިކުރާކަަން އެނގިއްޖެނަމަ އެ ސަފާރީއަކަށް އިތުރަށް ބަނގުރާ ދޫނުކުރާނެ ކަމަށެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓާ އަލީ އިހުސާން، ފޮޓޯ: ރައީސް އޮފީސް

ޓޫރިޒަަމް ވިޔަފާރީގައި ބޭނުންކުރުމަށް ސަފާރީތަކުން ގެންނަ ބަނގުރާ ރަށްރަށަށް ބާލައި ގަވާއިދާ ހިލާފަށް ބަނގުރާގެ ވިޔަފާރިކުރަމުންދާކަން ފާހަގަކުރެވިފައިވާތީ އެފަދައިން ވިޔަފާރިކުރާ ފަރާތްތަކާމެދު ފިޔަވަޅުއަޅާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ. 

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމަށް އަލިއަޅުވައިލައްވާ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ ބައެއް ސަފާރީތަކުގައި އެއްވެސް މިންވަރަކަަށް ޓޫރިސްޓަކު ނެތި، އެ ސަފާރީތަކަށް ރާ އެރުވުމަށްފަހު ކޮންމެވެސް ދިމާލަކަށް އެތަކެތި ވިއްކަމުންދާކަން ފާހަގަކުރެއްވިފައިވާ ކަމަށެވެ. 

މިހާރު ކަސްޓަމުން މަސައްކަތްކުރަމުންދަނީ އެ އިދާރާގެ ބޮންޑެޑް ވެއާ ހައުސްތަކުން ރާ ދޫކުރުމުގެ އުސޫލުތައް ތަފާސްހިސާބުގެ އަލީގައި އިތުރަށް ހަރުދަނާކުރުމަށް ކަމުގައި އިހުސާން ވިދާޅުވި އެވެ. އެގޮތުން ސަފާރީއަކަށް ރާ ދޫކުރާއިރު އެ އުޅަނދެއްގަައި ތިބީ ކިތައް ގެސްޓުންތޯ ބަލާނެ ކަމަށާއި، އުޅަނދަށް ހުއްދަ ދީފައިވާ އަދަދަށްތޯ ރާ ބޭނުންކުރަނީ ބަލަމުންދާނެ ކަމުގައި އިހުސާން ވިދާޅުވި އެވެ. 

އިތުރަށް އިހުސާން ވިދާޅުވީ ސަރުކާރުން ގާއިމުކުރާ މިންގަނޑުތަކުން ބެލުމަށްފަހު ކަނޑައެޅިފައިވާ ހުދޫދުން ބޭރުން ބަނގުރާގެ ވިޔަފާރިކުރާކަަން އެނގިއްޖެނަމަ އެ ސަފާރީއަކަށް އިތުރަށް ބަނގުރާ ދޫނުކުރާނެ ކަމަށެވެ. އަދި އެފަދައިން ބަނގުރާގެ ވިޔަފާރިކުރާ ފަރާތްތަކުން އެކަން ހުއްޓައިލުމަށްވެސް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ. 

"ހުދޫދުން ބޭރުން އެކަންކުރާނަމަ [ރާގެ ވިޔަފާރި ކުރާނަމަ] ދެން އެ އުޅަނދަކަށް ރާ ދުލެއް ނުކުރާނެ. އެހެންވީމާ ދިވެހިރާއްޖޭގައި މިކަންކުރަމުންދާ ފަރާތްތައް އެބަޖެހޭ މިކަން ހުއްޓާލަން. ދެނެއް މިރާައްޖޭގައި މިގޮތަށް މިކަންކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން. މިކަން ކުރަމުންދާ ފަރާތްތަކާމެދު ގާނޫނުގައި އެޅޭ އެންމެ ހަރުކަށި ފިޔަވަޅު އަޅުގަނޑުމެން އަޅާނަން.،" އިހުސާން ވިދާޅުވި އެވެ. 

އިތުރަށް އިހުސާން ވިދާޅުވީ މިގޮތަށް ދޫކުރާ ރާ ނަގައިގެން ގޮސް އެކި ގޮތްގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ބަނގުރާ  ބޭލުމަށްފަހު ގާނޫނާ ހިލާފަށް ހުއްދަ ނޫން ގޮތްގޮތަށް ރާގެ ވިޔަފާރި ހިންގަމުންދާަކަން ފާހަގަކުރެއްވިފައިވާ ކަމަށެވެ. 

އަދި މި އޮޕަރޭޝަނުގެ ތެރެއިން ސަފާރީއެއްގެ ހުއްދަ ބާތިލުކުރުމަށްފަހު އަލުން ހުއްދައަށް ގޮތެއް ހަދައިދޭން އެދުނަސް އެކަމަށް ސަރުކާރުން އިޖާބަނުދޭނެ ކަމުގައި އިހުސާން ވިދާޅުވި އެވެ. 

"ވިޔަފާރީގައި އޮންނަ އުސޫލުގެ ތެރެއިން، އިދާރާތަކުން ދީފައިވާ ހުއްދައާ އެއްގޮތަށް އެ ވިޔަފާރިކުރައްވަންވީ. އެއާ ހިލާފުވާ ކަމުގައިވާނަމަ އަޅުގަނޑުމެން ގާނޫނީ ފިޔަވަޅު އަޅާނަން،" އިހުސާަން ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.