ވަގު ޕާސްޕޯޓުން ރާއްޖެ އެތެރެވާން އުޅޭ މައްސަލަތައް އެބަ އިތުރުވޭ

ކޮންޓްރޯލަރު ވިދާޅުވީ މިހާތަނަށް 51 މީހަކު ވަނީ ރާއްޖެ އެތެރެވިޔަ ނުދީ ހިފައްޓައި ފޮނުވާލެވިފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިއޭ

ވަގު ޕާސްޕޯޓް ބޭނުންކޮށްގެން ސަހުސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅޭ މައްސަލަ އިތުރުވަމުންދާ ކަމަށް ބޯޑަރު ބަލަހައްޓާ އިމިގްރޭޝަނުން ބުނެފި އެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝައްމާން
ރާއްޖޭގެ ބޯޑަރު ހުރަސްކޮށް އެތެރެވާން ފޯޖަރީ ޕާސްޕޯޓް ބޭނުންކޮށްގެން ގިނަ އަދަދަށް ވަންނަކަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެކަން އިތުރު ވަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.

ކޮންޓްރޯލަރު އިތުރަށް ވިދާޅުވީ މިއަހަރުގެ މިހާތަނަށް 51 ބިދޭސީން ވަނީ ވަނީ ހިފެހެއްޓިފަ އެވެ.

"މިއީ ކައުންޓާ ފިީޓް ޕާސްޕޯޓް އަދި ސަހްސު އޮޅުވާލަން ބޭނުންކުރާ ޑޮކިއުމެންޓް،" ޝައްމާން ވިދާޅުވި އެވެ.  

ފޯޖަރީ ޕާސްޕޯޓް ބޭނުންކޮށްގެން ގައުމުތަކަށް ގިނަ މީހުން އެތެރެވަނި އެތެރެވުމަށްފަހު އެހެން ގައުމަކަށް ދިއުމަށެވެ. މިފަދަ މައްސަލަތަކުގައި ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް ދަނީ ހިނގަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.