ވޭޕް މަނާކުރުމުން ވިޔަފާރިތަކަށް ލިބޭ ގެއްލުމުގެ ވާހަކަ ނުދައްކާތީ ކަންބޮޑުވުން

"70، 90 މިލިއަނުން ފައިދާވާ ވާހަކަ ވެސް [ބިލުގަ] އެބައޮތް ލިޔެފަ، 1.2 ބިލިއަން ރުފިޔާ އިން [ދައުލަތަށް] ފައިދާވާ ވާހަކަ އެބައޮތް ލިޔެފަ. ރައްޔިތުންނަށް ލިބޭ ގެއްލުމުގެ ވާހަކަ ކީއްވެގެންތޯ ނެތީ ލިޔެފަ؟" ނާޒިލް ސުވާލު އުފެއްދެވި އެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕު މެންބަރުން

ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާ ކުރަން ނިންމާފައިވާ މުއްދަތުގެ ކުރިން ޑިއުޓީ ބޮޑުކޮށްގެން ދައުލަތަށް ލިބޭނެ ފައިދާއަކީ ކޮބައިތޯ އާއި ވޭޕް މަނާކުރުމުން ވިޔަފާރިތަކަށް ބަދަލު ނުދެނީ ކީއްވެގެންތޯ އިދިކޮޅު މެންބަރުން ސުވާލު އުފައްދައިފި އެވެ.

ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުން ތަންފީޒުކުރުމަށްޓަކާ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ ރައްޔިތުންގެ މަޖިލީހަށް ވަނީ އިސްލާހުތަކެއް ހުށަހަޅާފަ އެވެ. އެގޮތުން، މިހާރު މަޖިލީހަށް ހުށައަޅާފައި ވަނީ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އިލެކްޓްރިކް ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑު ކުރަން ބިލެކެވެ. އެއީ ނޮވެންބަރު އެކަކުން 15 އަށް އެތެރެކުރާ ތަކެތީގެ ޑިއުޓީ ބޮޑުކުރުމަށެވެ.

މި ބިލަށް މިއަދު ބަހުސް ކުރައްވަމުން އިދިކޮޅު އެމްޑީޕީ މެންބަރުން ވަނީ ކަންބޮޑުވުންތަކެއް ހިއްސާކޮށްފަ އެވެ. މެންބަރުން ބުނީ ސްކޫލު ކުދިންނާއި ކުޑަކުދިން ވޭޕް ބޭނުން ކުރުމަކީ އެ މެންބަރުން ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ނިންމުމާއި އަދި މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ސަބަބުން ކަންބޮޑުވާން ޖެހޭ އިތުރު ކަންތައްތަކެއް އެބަހުރި ކަމަށެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ވޭޕް މަނާ ކުރަން ރައީސް ނިންމަވާފައިވާ ދުވަސް ކައިރިވެފައި ވަނިކޮށް ޑިއުޓީ ބޮޑުކޮށްގެން ދައުލަތަށް ލިބޭނެ ފައިދާއެއް ނޯންނާނެ ކަމަށެވެ. ކަނޑުމަގުން މިއަދު ޝިޕްމެންޓެއް ޖެހިޔަސް 15 ދުވަހުން ނާންނާނެ ކަމަށެވެ. އެހެންކަމުން ޑިއުޓީ ބޮޑު ކުރަނީ ކީއްވެކަން ސާފުވެވަޑައިނުގަންނަވާ ކަމަށެވެ.

"ނަމަވެސް މިހާރު ސިގިރޭޓުގެ ޓެކްސް ނުވަތަ މިފަދަ ތަކެތީގެ އަގު ބޮޑުކުރުމާ ގުޅިގެން ދެން ވާނީ ކޮން ގޮތެއްތޯ އަޅުގަނޑުމެން ވިސްނާލަން އެބަ ޖެހޭ. މީގެ ކުރީގަ ވެސް ތަކުރާރުކޮށް އައީ ދުންފަތާ ދުންފަތުން އުފެއްދޭ ބާވަތްތަކުގެ ޓެކްސްތައް ބޮޑުކުރަމުން. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި މި ބިލަށް ބަހުސް ކުރެވޭއިރު ވަރަށް ރަގަޅު، ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން ކިހާވަރެއްގެ ބަދަލެއްތޯ އައިސްފައި ވަނީ ކޮންމެ ފަހަރަކު ޑިއުޓީ ބޮޑުކުރުމާ ގުޅިގެން،" އޭނާ ވިދާޅުވި އެވެ.

މައުރޫފްގެ ވާހަކަތަކަށް ތާއީދު ކުރައްވަމުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިމް ވިދާޅުވީ ހަމައެކަނި ސިއްހީ ގޮތުން ރައްޔިތުންނަށް ލިބޭ ގެއްލުމަށް ނުބަލައި، ވިޔަފާރިތަކަށް ލިބޭ ގެއްލުމަށް ވެސް ރިއާޔަތް ކުރަންވާނެ ކަމަށެވެ. ވޭޕަކީ ސިނގިރޭޓަށްވުރެ ގެއްލުން ހުރި އެއްޗެއް ކަމަށް އެނގޭ ގޮތާމެދު ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

"ރައްޔިތުން ކުރަމުން އައި ހުއްދަ ވިޔަފާރިއެއް މީ، ދެތިން ހަތަރު ހަފްތާއެއްގެ ތެރޭގަ ނިމުނީއޯ، އެހެންވެސް އެކަން ކުރެވޭތޯ ރައީސް [ރިޔާސަތާ މުހާތަބުކޮށް]، ކީއްވެތޯ އެބޭފުޅުންނަށް ބަދަލުދޭ ވަހަކަ ނެތީ؟ 70، 90 މިލިއަނުން ފައިދާވާ ވާހަކަ ވެސް [ބިލުގަ] އެބައޮތް ލިޔެފަ، 1.2 ބިލިއަން ރުފިޔާ އިން [ދައުލަތަށް] ފައިދާވާ ވާހަކަ އެބައޮތް ލިޔެފަ. ރައްޔިތުންނަށް ލިބޭ ގެއްލުމުގެ ވާހަކަ ކީއްވެގެންތޯ ނެތީ ލިޔެފަ؟" ނާޒިލް ސުވާލު އުފެއްދެވި އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ވަނީ އިލެކްޓްރޯނިކް ސިނގިރެޓަށް / ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުން ކުރާ އެނޫން ވެސް އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް / މިލިލީޓަރަކަށް އަށް ރުފިޔާ ބޮޑު ކުރުމަށެވެ. އަދި ހީޓެޑް ޓޮބެކޯ ޕްރޮޑަކްޓްސް / ރޯ ކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތައް އުފައްދާފައި ހުންނަ ދުންގަތުގެ އުފެއްދުންތަލުން ނަގާ އިމްޕޯޓު ޑިއުޓީ 50 ޕަސެންޓަށް / މިލިލީޓަރަކަށް އަށް ރުފިޔާ ބޮޑު ކުރުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.