ސަމާހުގެ މަރު: ކާރު ދުއްވަން އިން މީހާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވައިފި

އޭނާގެ މަރާ ގުޅިގެން ކާރު ދުއްވަން އިން އައްޑޫސިޓީ ހިތަދޫ، ވައިލެޓްފެހި، މުހައްމަދު ވިސާމް ސިއްދީގު (26އ) ވަނީ ހައްޔަރުކޮށްފަ އެވެ.

ދިވެހި ފުލުހުންގެ އިދާރާ -- ދަ މިރާ

ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީގައި މިދިޔަ މަހު ސައިކަލަކާއި ކާރކާ ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މީހަކު މަރުވި މައްސަލައިގައި ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި އެކްސިޑެންޓުގައި މަރުވެފައިވަނީ ކަރެކްޝަންސްގެ އޮފިސަރެއް ކަމަށްވާ، ލ. އިސްދޫ/ބީޗްހައުސް، ހަސަން ސަމާހުއެވެ. އޭނާގެ މަރާ ގުޅިގެން ކާރު ދުއްވަން އިން އައްޑޫސިޓީ ހިތަދޫ، ވައިލެޓްފެހި، މުހައްމަދު ވިސާމް ސިއްދީގު (26އ) ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި ވިސާމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މިމަހުގެ 19 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ސަމާހް ނިޔާވެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ރޭ 2:48 އެހާކަންހާއިރު ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި އޭނާ ދުއްވި ސައިކަލު ޖެހިގެން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.