"ދޭދަރު ރުއިން" ގެ އާ ޓީޒާއަކާ ޕޯސްޓަރެއް؛ ބަވަތިއާ ނީނާއަށް ދޫނުކުރާނެ

މި ފިލްމު އޮލިމްޕަހަށް އަންނާނީ ނޮވެންބަރު 20 ވަނަ ދުވަހު އެވެ. ޑައިރެކްޓް ކުރަނީ އައްޒާމް އެވެ. މިއީ އައްޒާމްގެ ފުރަތަމަ ޑައިރެކްޝަނެވެ.

ދޭދަރު ރުއިންގެ އާ ޕޯސްޓަރު

އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލްގެ އާ ފިލްމު "ދޭދަރު ރުއިން" ގެ ދެވަނަ ޓީޒާ އާއި ދެވަނަ ޕޯސްޓަރު އާންމުންނަށް ދައްކާލައިފި އެެވެ. 

ރީތި ފިލްމުތަކެއް ދިވެހި ސިނަމާއަށް ގެނެސް ދިން އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލްގެ "ދޭދަރު ރުއިން" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. އޭގެ ކުރީން ފުރަތަމަ ޓީޒާ އާންމުކުރި އެވެ.

އަދި މިހާރު ވަނީ ދެވަނަ ޓީޒާ ވެސް އާންމުކޮށްފަ އެވެ. މި ފަހަރުގެ ޓީޒާއާ އެކު ފިލްމަށް ވަރަށް ބޮޑު ޝައުގުވެރި ކަމެއް އުފައްދައިދެ އެވެ. މިއީ އެކްޝަން މަންޒަރުތައް ހިމެނޭ ރީތި ފިލްމަކަށް ވާނެ ކަމަށް ބެލެވެ އެވެ. ނުރައްކާތެރި ކަންތައްތަކެއް ދައްކުވައިދެވޭނެ ޝައުގުވެރި ކަން ހިފަހައްޓާނެ ފިލްމަކަށް ވާނެ ކަމަށް ވެސް ބެލެވެ އެވެ.

ޓީޒާ އިން ޔަގީން ކޮށްދޭ އެއް ކަމަކީ ރީތި ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު އިލްޔާސް ވަހީދާއި ސިމްބެގެ މި ފިލްމު ވެސް ރީތި ފިލްމުތަކުގެ ލިސްޓަށް ވަންނާނެ ކަމެވެ. އިއްލެ މިހާތަނަށް ގެނެސް ދިން ފިލްމުތަކުގެ ތެރެއިން "ނީނާ" އާއި "ބަވަތި" އަކީ ވަރަށް ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ދެ ފިލްމެވެ. އިއްލެ ގެނެސް ދިން ފިލްމުތަކަކީ އާންމުކޮށް ދިވެހި ސިނަމާ އިން ފެންނަ ގިނަ ފިލްމުތަކާއި ތަފާތު، ވަރަށް ރީތި ވާހަކަތަކެއްގެ މައްޗަށް އެކުލެވޭ ތަފާތު ފިލްމުތަކެކެވެ. އެ ފިލްމުތަކަށް އާންމުންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުއްޓި ބޮޑު ތަރުހީބެއް ލިބުނެވެ. ހާއްސަކޮށް ޒުވާނުންނެވެ.

މި ފިލްމު އޮލިމްޕަހަށް އަންނާނީ ނޮވެންބަރު 20 ވަނަ ދުވަހު އެވެ. ޑައިރެކްޓް ކުރަނީ އައްޒާމް އެވެ. މިއީ އައްޒާމްގެ ފުރަތަމަ ޑައިރެކްޝަނެވެ.

"ދޭދަރު ރުއިން" ގެ މުހިންމު ރޯލުތަކުން ފެންނާނީ ޝަރަފު އަބްދުﷲ އާއި މައިހާ އާދަމާއި ހާފިޒް މުހައްމަދުގެ އިތުރުން މޫސާ ރަޝީދާއި ޝުޝްމާ އެވެ. ޝުޝްމާ އަކީ ނޭޕާލް މީހެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.