ބާރަށުން ބައެއްގައި އިކޯ ޓޫރިޒަމް | ސިޓީ ހޮޓަލެއް އަޅަން ބިޑަށް

ބާރަަށުން ބައެއްގައި އިކޯ ޓޫރިޒަމް ތައާރަފު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ވައުދެކެވެ.

ބާރަށު ޓޫރިޒަމް މަަޝްރޫއު މިއަދު އިއުލާނު ކުރަނީ -- ޓޫރިޒަމް

ބާރަށުން ބައެއްގައި އިކޯ ޓޫރިޒަމް ތައާރަފު ކުރަން ނިންމައި، ސިޓީ ހޮޓަލެއް އަލަން އިންޓަނޭޝަނަލް ބިޑަށް ހުޅުވާލައިފި އެވެ. 

ޓޫރިޒަމް މިނިސްޓްރީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދާ އެއްގޮތަށް ތިލަދުންމަތީ އުތުރުބުރީ (ހއ) ބާރަށުގައި އިންޓަނޭޝަނަލް ބިޑަށް ހުޅުވާލައިގެން އިކޯ ޓޫރިޒަމް ތަޢާރަފުކުރުމުގެ ގޮތުން އެރަށުގައު ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 71,832 (ހަތްދިހަ އެއްހާސް އަށްސަތޭކަ ތިރީސް ދޭއް) އަކަފޫޓުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ބީލަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މިމަހުހެ 28 ވަނަ ދުވަހު ވާޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ޑިސެމްބަރު ފަސް ވަނަ ދުވަހެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 04 ޑިސެމްބަރު 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިމިސްޓްރީގެ އީމެއިލް planning@tourism.gov.mv އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވޭނެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.