ފުލުހުން މައުލޫމާތު ހާމަނުކުރި ނަމަވެސް އެ ކުދިން ގްރޫމް ކުރުމަށްފަހު ޖިންސީ ގޯނާ ކޮށްފައިވާކަމުގެ މައުލޫމާތު "މިރާ" އަށް ވަނީ ލިބިފަ އެވެ. އަދި މިކަން ކޮށްފައިވަނީ ދިވެހި ފިރިހެން ޓީޗަރެކެވެ.
ދެކުނުގެ ރަށެއްގެ ސްކޫލުގެ ޓީޗަރަކު ދަރިވަރުންތަކެއް ގްރޫމްކޮށްގެން ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ މ،ފ،ދ،ތ އަދި ލ، އަތޮޅުގައި ހިމެނޭ ރަށެއްގައި ސްކޫލުގެ ފިރިހެން ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި ގްރޫމްކޮށްފައިވާ މައްސަލައެއް މިމަހުގެ 17 ވަނަ ދުވަހު ހުށަހެޅިފައިވާ ކަމަށެވެ.
މި މައްސަލައިގެ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައިނުވާއިރު، ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފުލުހުން މައުލޫމާތު ހާމަނުކުރި ނަމަވެސް އެ ކުދިން ގްރޫމް ކުރުމަށްފަހު ޖިންސީ ގޯނާ ކޮށްފައިވާކަމުގެ މައުލޫމާތު "މިރާ" އަށް ވަނީ ލިބިފަ އެވެ. އަދި މިކަން ކޮށްފައިވަނީ ދިވެހި ފިރިހެން ޓީޗަރެކެވެ.
ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކަކީ ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެކެވެ.