ތިން އެކްސެލް ދަޅު ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

ވައްކަމުގެ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމަުލަކު، މާލެގަން، ހުރުއަޑި، މުހައްމަދު ރަޝީދު 35އ އެވެ.

ފަރިދީމަގުގައި ހުންނަ ވިލާމާޓުން ތިން ދަޅު އެކްސެލް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.

ވައްކަމުގެ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމަުލަކު، މާލެގަން، ހުރުއަޑި، މުހައްމަދު ރަޝީދު 35އ އެވެ.


 އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ.

 ބަންދު އަމުރުގައި ބުނެފައިވަނީ މުހައްމަދު ރަޝީދު ވިލާ މާޓުން ތިން ދަޅު އެކްސެލް ވަގަށް ނަގައިގެން ދަނިކޮށް، ވިލާ މާޓުގެ ސެކިއުރިޓީ ގާޑުން، އެމަގުގައި ހުންނަ ރެޑްސްޓާ ފިހާރަ ކައިރިން ހުއްޓުވި ކަމަށެވެ. އަދި އޭނާ އަތުގައި އެވަގުތު ވަގަށް ނެގި އެކްސެލް ދަޅުތައް ހުރި ކަމަށްވެސް އަމުރުގައިވަނީ ބުނެފައެވެ.

 އޭނާ ހުއްޓުވީ ފިހާރައިގެ ހުރި ސީސީޓީވީ ކެމެރާ ބަލައިގެން ކަމަށްވެސް އަމުރުގައިވެއެވެ. އަދި އެ ސީނަށް ފުލުހުން ގޮސް ސުވާލު ކުރުމުން މި ދަޅުތައް ވަގަށް ނެގި ކަމަށް އޭނާ ބުނެފައިވެއެވެ.

 އަމުރުގައިވާ ގޮތުން އޭނާ އަކީ މިފަދަ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. އެގޮތުން 53 ފަހަރު އޭނާ ހައްޔަރުކޮށްފައިވާއރު ނުވަ ފަހަރު އޭނާ ބަންދުކޮށްފައިވާ ކަމަށްވެސް އމަުރުގައިވެއެވެ. އެހެންކަމުން އޭނާ ބަންދުން ދޫކޮށްލަިއފިނަމަ މި ކުށް ތަކުރާރުވުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ގާޒީ ހުސައިން ފާއިޒް ރަޝީދު ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.