ހަރަދުތައް ހަމަޖެއްސުމަށް ދަރަންޏަށް ފައިސާ ހޯދަން ހަތަރު ބިލިއަނުގެ ޓީ-ބިލު ވިއްކަނީ

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް 4.27 ބިލިއަން ރުފިޔާ ވިއްކަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު

ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ޖުމްލަ 4.27 ބިލިއަން ރުފިޔާގެ ޓީ-ބިލު ވިއްކަން ހުޅުވާލައިފި އެވެ. 

ހަތަރު މުއްދަތަކަށް ހަމަވާ ޓީ-ބިލު ވިއްކުމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފައިވެ އެވެ. އެއީ އެއް މަހާއި، ހަ މަހާއި، އެއް އަހަރު ތެރޭ އަނބުރާ  ދައްކަންޖެހޭ ބާވަތުގެ ބިލުތަކެވެ. 

މި އަހރުގެ އޯގަސްޓު މަހުގައިވެސް ސަރުކާރުންވަނީ 1.9 ބިލިއަން ރުފިޔާގެ ޓީ-ބިލު ވިއްކާފަ އެވެ. މިފަހަރު އިއުލާނުކޮށްފައިވަނީ މާދަމާ ޓީ-ބިލު ވިއްކުމަށެވެ. 

ވިއްކާ ޓީބިލުގެ ތަފުސީލު

  •  އެއް މަހުން ދައްކަންޖެހޭ ޓީ-ބިލު: 235 މިލިއަން ރުފިޔާ
  •  ތިން މަހުން ދައްކަންޖެހޭ ޓީ-ބިލު: 2.7 މިލިއަން ރުފިޔާ
  •  ހަ މަހުން ދައްކަންޖެހޭ ޓީ-ބިލު: 917 މިލިއަން ރުފިޔާ
  •  އެއް އަހަރުން ދައްކަންޖެހޭ ޓީ-ބިލު: 837.70 މިލިއަން ރުފިޔާ

ޓީ-ބިލަކީ ދާހިލީ ބާޒާރުން ދަރަންޏަށް ފައިސާ ނެގުމަށް ސަރުކާރުން ބޭނުންކުރާ މާލީ އާލަތެކެވެ. ޓީ-ބިލު ވިއްކައިގެން ލިބޭ ފައިސާއަކީ ކަނޑައަޅާފަައިވާ އިންޓަރެސްޓު ރޭޓުގައި އަނބުރާ ދައްކަންޖެހޭ ފައިސާ އެވެ. ޓީ-ބިލު މެޗުއާވެ އަނބުރާ ދައްކަންޖެހޭ މުއްދަތު ދިގުވީ މިންވަރަކަށް ޓީ-ބިލުގެ އިންޓަރެސްޓު ރޭޓު ބޮޑުވާނެ އެވެ. 

އެގޮތުން އެއް މަހުން އަނބުރާ ދައްކާ ޓީ-ބިލުގެ އިންޓަރެސްޓު ރޭޓަކީ 3.50 އިންސައްތަ އެވެ. އަދި ތިން މަހުން ދައްކާ ޓީ-ބިލުގެ އިންޓަރެސްޓު ރޭޓަކީ 3.87 އިންސައްތަ އެވެ. ހަ މަހުން އަނބުރާ ދައްކަން ޖެހޭ ޓީ-ބިލުގެ އިންޓަރެސްޓު ރޭޓަކީ 4.23 އިންސައްތަ އަދި އެއް އަހަރުން ދައްކަންޖެހޭ ޓީބިލުގެ އިންޓަރެސްޓު ރޭޓަކީ 4.6 އިންސައްތަ އެވެ. 

ސަރުކާރުގެ ޓީ-ބިލު އެންމެ ގިނައިން ގަންނަނަނީ ޕެންޝަން ފަންޑާއި ކޮމާޝަލް ބޭންކުތަކުންނެވެ. އެގޮތުން ހަމައެކަނި ޕެންޝަން ފަންޑުން 10 ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއް ޓީ-ބިލަށް އިންވެސްޓުކޮށްފައިވެ އެވެ. 

ޓީ-ބިލު ގަތް ފަރާތްތަކަށް ދައްކަންޖެހޭ 85.3 ބިލިއަން ރުފިޔާ ނުދައްކައި އޮތްކަމަށް ސަރުކާރުގެ ހިސާބުތަކުން ދައްކަ އެވެ. ދާހިލީ ދަރަނީގެ އެންމެ ބޮޑު ބަޔަކީ ޓީ-ބިލެވެ. ސަރުކާރުގެ ދަރަނި ދެއްކުމަށް ދަތިވެފައިވާ މި ދަނޑިވަޅުގައި ކޮމާޝަލް ބޭންކުތަކުން ސަރުކާރުގެ ސެކިއުރިޓީސްއަށް އިންވެސްޓުކުރުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ވޯލްޑް ބޭންކުން ފާހަގަކޮށްފައިވެ އެވެ. 

މި ސަރުކާރުން އަންނަނީ ސަރުކާރުގެ ދާހިލީ ދަރަންޏާއި ހާރިޖީ ދަރަނި އެ ދަރަނި އަދާކުރަންޖެހޭ މުއްދަތުގައި އަދާކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ބޭރުގެ ދަރަނި އަދާކުރުމަށްޓަކައި ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުމަށް ބައެއް ޓެކްސްތައް ބޮޑުކުރަން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.