ވަޒީފާގައި ހިނގާ ހާދިސާއަކުން މަރުވާ ހާލަތުގައި ބޮޑު ބަދަލެއް ލިބޭ ގޮތަށް ގަވާއިދު ހަދައިފި

އައު ގަވާއިދުގެ ދަށުން މަސައްކަތު މާހައުލުގައި ދިމާވާ ހާދިސާގައި ނުކުޅެދުންތެރިކަމެއް ކުރިމަތިވާ މީހުންނަށާއި ފުރާނަ ގެއްލޭ ފަރާތްތަކަށް ބަދަލު ނަގައިދެވޭނެ މިންގަނޑުތައް ބަޔާންކޮށްފައިވެ އެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން ސައިޓެއް: އިމާރާތްކުރުމުގެ ދާއިރާގެ ދުވެލި ވަނީ ލަސްވެފައި -- މި

މަސައްކަތުގެ މާހައުލުގައި ދިމާވާ ހާދިސާއަކާ ގުޅިގެން މީހަކު މަރުވާ ހާލަތުގައި ވާރިސުންނަަށް ބަދަލު ހޯދުމަށް އެދެވޭ ގޮތަށް މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގަވާއިދު އެކުލަވައިލާ އާންމުކޮށްފި އެވެ. 

މަސައްކަތުގެ މާހައުލުގައި ލިބޭ އަނިޔާއެއްގައި މީހަކު މަރުވެއްޖެނަމަ ވާރިސުންނަށް ބަދަލު ހޯދުމަށް އެދުމުގެ ހައްގު އޮންނާނެ ކަމަށާއި، އެ ހާލތުގައި ބަދަލުގެ މިންވަރު ކަނޑައެޅުމުގައި މަސްދުވަހަށް ލިބުނު އާމްދަނީއާއި މަސައްކަތްތެރިޔާގެ އުމުރާއި، މަސައްކަތް ހަވާލުކުރި ފަރާތުން އިހުމާލުވެފައިވާ މިންވަރަށް ބަލަންޖެހޭނެ ކަމުގައި އެ ގަވާއިދުގައި ބުނެފައިވެ އެވެ. 

މަސައްކަތްތެރިޔާ މަރުވި ހާދިސާއަކީ މަސައްކަަތް ހަވާލުކުރި ފަރާތުގެ އިހުމާލެއް ނެތި ހިނގި ހާދިސާއެއްނަމަ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ކަނޑައަޅާ މިންވަރުގެ އިތުރަށް 500،000 ރުފިޔާ މަސައްކަތްތެރިޔާގެ ވާރިސުންނަށް ދޭންޖެހޭނެ އެވެ. އަދި އިހުމާލު އޮތްނަމަ އެ މިންވަރުގެ އިތުރަށް އެއް މިލިއަން ރުފިޔާ ވާރިސުންނަށް ނަގައިދެވޭނެ އެވެ. 

މަސައްކަތްތެރިޔާގެ ފުރާނަ ދާ ހާލަތުގައި ބަދަލުގެ ގޮތުގައި ކަނޑައަޅާ މިންވަރެއް ކަނޑައެޅުމުގައި 1.4 މިލިއަނާއި 15.4 މިލިއަނާ ދެމެދުގެ އަދަދެއް ކަނޑައެޅިދާނެ އެވެ. ބަދަލު ނަގައިދިނުމުގެ އެންމެ ކުރު މުއްދަތަކީ 10 އަހަރެވެ. ނަމަވެސް ހުވަފަތް އަންބަކު އިންނަމަ އަދި އޭނާ އިތުރު މީހަކާ ކައިވެނިނުކުރާނަމަ އުމުރުން 65 އަހަރު ވަންދެން އެ ފައިސާ ދޭންޖެހެ އެވެ. އަދި 18 އަހަރު ނުވާ ދަރިން ތިބިންނަމ އެ ދަރިން 18 އަހަރު ފުރެންދެން އަދި މައިންބަފައިން ދުނިޔޭގައި ތިބި ނަމަ އެމީހުން ދުނިޔޭގައި ތިބިހައި ދުވަހަކަށް ބަހައިލައިގެން ބަދަލު ދޭންޖެހޭނެ އެވެ. 

އޭގެ އިތުރަށް މަސައްކަތުގެ މާހައުލުގައި ދިމާވާ ކަމެއްގެ ސަބަބުން ނުކުޅެދުންތެރިކަން މެދުވެރިވާ ހާލަތުގައި ނަގައިދެވޭނެ ހަރަދާއި ބަދަލު ނަގައިދެވޭނެ މިންގަނޑު ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. 

ހަަށިގަނޑަށް ލިބޭ އަނިޔާއާ ގުޅިގެން ނެގޭ ހަރަދުތައް

  •  ބޭސްފަރުވާގެ ހަރަދު
  •  ބޭސްފަރުވާގެ ސަބަބުން މަސައްކަތަށް ނުނިކުމެ ހުންނަ މުއްދަތުގެ އުޖޫރަ
  •  އަނިޔާގެ ސަބަބުން މެދުވެރިވާ ވަގުތީ ނުކުޅެދުންތެރިކަމަށް ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމަށް ނެގޭ ބަދަލު
  •  ފުރާނަަ ގެއްލިޖެއް ހާލަަތުގައި ނަގައިދެވޭ ބަދަލު

އެ ގަވާއިދުގައި ބުނެފައިވާ ގޮތުން ދާއިމީ ނުކުޅެދުންތެރިކަމެއް ދިމާވެފައިވާ މަސައްކަތްތެރިޔާއަށް ބަދަލު ނަގައިދޭނީ ނުކުޅެދުންތެރިކަމުގެ ނިސްބަތަށް ރިއާޔަތްކޮށެވެ. އަދި މަދުވެގެން ދިހަ އަހަރުގެ މުއްދަތަށް 1.2 މިލިއަން ރުފިޔާއއި 19 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ނަގައދެވިދާނެ ކަމުގައި ގަވާއިދުގައި ބަޔާންކުރެ އެވެ. 

އެންމެ މަދުވެގެން 10 އަހަރުގެ މުއްދަތަކަށް އެފަދަ ހާލަަތުގައި ބަދަލު ނަގައިދެވިދާނެ ކަމަށާއި، ނަމަވެސް 10 އަހަރު ފުރޭއިރު 18 އަހަރު ނުފުރޭ ދަރިން ތިބި އަދަދަށް ބަލައި ކޮންމެ ކުއްޖަކަށް 20 އިންސައްތައިގެ ރޭޓުން ގެއްލުމުގެ ބަދަލު ދޭންޖެހޭނެ ކަމުގައިވެސް ގަވާއިދުގައި ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.