ޓޫރިޒަމް އިސްތިހާރުކުރަން ފެއާތަކުގައި ބައިވެރިވުމަށް 78.6 މިލިއަން ހޭދަކޮށްފި

ފާއިތުވި އަހަރުގެ ނޮވެންބަރުން މި އަހަރުގެ މޭ މަހުގެ ނިޔަލށް ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ބައިވެރިވި 15 ފެއާއަކަށް ޖުމްލަ 78.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން އެމްއެމްޕީއާރުސީން ހާމަކޮށްފައިވެ އެވެ.

ރާއްޖެ އައިޓީބީ ފެއާގައި ބޮޑު މަސް ނެރެނީ

ރާއްޖޭގެ ފަތުރުވެރިކަން އެކި ސޯސް-މާކެޓުތަކުގައި ޕްރޮމޯޓުކުރުމަށް ފާއިތުވި އަހަރުގެ ނޮވެންބަރު މަހުން ފެށިގެން މި އަހަރުގެ މޭ މަހުގެ ނިޔަލަށް 78.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކުންފުނިން ބުނެފި އެވެ. 

"މިރާ"އިން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެދިގެން އެމްއެމްޕީއާރުސީން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ފާއިތުވި އަހަރުގެ ނޮވެންބަރުން ފެށިގެން މި އަހަރުގެ މޭ މަހުގެ ނިޔަލަށް އެމްއެމްޕީއާރުސީންވަނީ 15 ފެއާއެއްގައި ބައިވެރިވެފަ އެވެ. 

އެ ފެއާތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް އެ ކުންފުނިން ކޮށްފައިވަނީ އަރަބިއަން ޓްރެވެލް މާކެޓު 2024 ގަ އެވެ. ދުބާއީގައި މޭ މަހުގެ ހަވަނަ ދުވަހުން ނުވައަކަށް ބޭއްވި ފެއާގައި ބައިވެރިވުމަށް ޖުމްލަ 17.3 މިލިއަން ރުފިޔާ އެ ކުންފުނިން ހަރަދުކުރިކަމަށް ހިސާބުތަކުން ދައްކަ އެވެ. 

އެމްއެމްޕީއާރުސީން ބައިވެރިވެރިވި ފެއާތަކާއި ހިނގި ހަރަދު

  • 1.ޑަބްލިއުޓީއެމް ލަންޑަން 2023 (ޔޫކޭ) : 12.8 މިލިއަން ރުފިޔާ
  • 2.އައިއެލްޓީއެމް ކޭންސް 2023 (ފްރާންސް) : 4 މިލިއަން ރުފިޔާ
  • 3.ފިޓޫރް 2024 (ސްޕެއިން): 3.09 މިލިއަން ރުފިޔާ
  • 4.އެމިޓް 2024 (ތުރުކީ): 1.2 މިލިއަން ރުފިޔާ
  • 5.މޮސްކޯ ޑައިވް ޝޯ 2024 (ރަޝިޔާ): 731،431 ރުފިޔާ
  • 6.އޯޓީއެމް 2024 (އިންޑިޔާ): 2.5 މިލިއަން ރުފިޔާ
  • 7.ސަޓްޓެ 2024 (އިންޑިޔާ): 3.4 މިލިއަން ރުފިޔާ
  • 8.އައިޓީބީ ބާލިން 2024 (ޖަރުމަން) 16.3 މިލިއަން ރުފިޔާ
  • 9.އެމްއޭޓީޓީއޭ 2024 (މެލޭޝިޔާ): 832،917 ރުފިޔާ
  • 10.އަޑެކްސް 2024 (ސިންގަޕޯ) 1.6 މިލިއަން ރުފިޔާ
  • 11.ޑަބްލިއުޓީއެމް ލެޓިން އެމެރިކާ (ބްރެޒިލް): 1.1 މިލިއަން ރުފިޔާ
  • 12.ކިޓްފް 2024 (ސީއައިއެސް): 949،579 ރުފިޔާ
  • 13.އަރަބިއަން ޓްރެވެލް މާކެޓް 2024 (ދުބާއީ): 17.3 މިލިއަން ރުފިޔާ
  • 14.އައިޓީބީ ޗައިނާ 2024 (ޗައިނާ): 11.01 މިލިއަން ރުފިޔާ
  • 15.ރިޔާޟް ޓްރެވަލް ފެއާ (ސައުދީ): 1.3 މިލިއަން ރުފިޔާ

މި ހިސާބުތަކަށް ބަލާއިރު ރާއްޖެއިން ބައިވެރިވި ފެއާތަކުގެ ތެރެއިން އެންމެ ކުޑަ ހަރަދެއް ހިނގާފައިވަނީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުކަމަށްވާ ރަޝިޔާގައި އޮތް މޮސްކޯ ޑައިވް ޝޯގައި ބައިވެރިވުމަށެވެ. އެ ފެއާއަށް ހަރަދުކޮށްފައިވަނީ 731،431 ރުފިޔާ އެވެ. 

ޖުމްލަ 15 ފެއާއެއްގައި ބައިވެރިވުމަށް 78.6 މިލިއަން ރުފިޔާ އެމްއެމްޕީއާރުސީން އެ މުއްދަތުގައި ހަރަދުކޮށްފައިވެ އެވެ. 

އެމްއެމްޕީއާރުސީން ރާއްޖެ އިސްތިހާރުކުރުމަށް ފެއާތަކުގައި ބައިވެރިވުމުގެ އިތުރަށް އެކި ގައުމުތަކުގެ ޓްރެވަލް ޖާނަލިސްޓުންނާއި، އެ ގައުމުގެ ސޯޝަލް މީޑިޔާ ހަރަކާތްތެރިން ރާއްޖެ ގެނެސް އެމީހުން މެދުވެރިކޮށް ރާއްޖެ އިސްތިހާރުކުރެ އެވެ. އަދި އެ ގައުމުތަކުގައި މީޑިޔާއާއި އިސްތިހާރުކުރުމުގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖެ މަންޒިލެއްގެ ގޮތުގައި އިސްތިހާރުކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.