ދަ ނޯޓިލަސް ފައުންޑޭޝަނުން ގިނަ ދާއިރާތަކުން ސްކޮލާޝިޕް ތަކެއް

ދަ ނޯޓިލަސް ފައުންޑޭޝަންއަކީ ޓޫރިޒަމް ވިޔަފާރިވެރިޔާ އަލްމަރުހޫމް ޑރ. އިބްރާހިމް އުމަރު މަނިކުގެ ހަނދާނުގައި އުފައްދާފައިވާ ޖަމިއްޔާ އެކެވެ.

ނޯޓިލަސް ފައުންޑޭޝަންގެ ސްކޮލާޝިޕްތަކުގެ މައުލޫމާތު ދެނީ -- ސަން

ރާއްޖޭގެ މަޝްހޫރު ޓޫރިޒަމް ވިޔަފާރިވެރިޔާ އަލްމަރުހޫމް ޑރ. އިބްރާހިމް އުމަރު މަނިކުގެ ހަނދާނުގައި އުފައްދާފައިވާ ނޯޓިލަސް ފައުންޑޭޝަނުން ގިނަ ދާއިރާތަކުން ދިވެހިން ބިނާ ކުރަން ބޭރުގައި ކިޔަވަން ސްކޮލާޝިޕްތަކެއް ހުޅުވާލައިިފި އެވެ.

ނޯޓިލަސް ފައުންޑޭޝަނުން މި ސްކޮލާޝިޕްތަކުގެ މައުލޫމާތު ދޭން އިއްޔެ މާގިރި ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި މުހައްމަދު ހަލީމް ވިދާޅުވި ގޮތުގައި މި ސްކޮލާޝިޕްގެ މަގުސަދަކީ ދިވެހިން ބޭނުންވާ ދާއިރާތަކުން ދިވެހިން ބިނާ ކުރުމާއި ގައުމަށް ހިދުމަތް ކުރާނެ ދިވެހިން ބިނާ ކުރުމެވެ. އަދި މި ސްކޮލާޝިޕްގައި ކިޔަވައިގެން އައިސް ރާއްޖޭގައި އެކުއްޖަކު ބޭނުން ތަނެއްގަައި ހިދުމަތް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. 

"މަގުސަދަކީ ދިވެހިން ބިނާކުރުމަށްޓަކައި ސްކޮލަރޝިޕް ފުރުސަތުތައް ހުޅުވާލުމުގެ އިތުރުން ކިޔަވާ ނިމުމުން ވަޒީފާ ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުން. މި ސްކޮލާޝިޕުން ކިޔަވާ ދަރިވަރުން ކޯސް ފުރިހަމަ ކުރުމަށްފަހު އެނބުރި އައިސް މަދުވެގެން ތިން އަހަރު ދުވަހު ދިވެހިރާއްޖޭގެ މުއައްސަސާއެއް ނުވަތަ ކުންފުންޏެއްގައި މަސައްކަތްކުރަން ޖެހޭނެ،" ހަލިމް ވިދާޅުވި އެވެ.

މި ސްކޮލާޝިޕްގައި ކިޔަވަން ދާނީ އަންނަ އަހަރުން ފެށިގެންނެވެ. މިގޮތުން ޖުމްލަ 4 އާއި 6 އާއި ދެމެދުގެ އަދަދަކަށް ސްކޮލަރޝިޕް ދޭނެ އެވެ. އަންނަ އަހަރު ފުރަތަމަ ފުރުސަތު ދެނީ ހަތަރު ދާއިރާއަކުންނެވެ.

މި ސްކޮލާޝިޕްގެ ދަށުން ކިޔަވަންދާ ދަރިވަރުންނަށް ޓިއުޝަންފީގެ އިތުރުން ތައުލީމު ހާސިލްކުރުމަށް ދާ ގައުމަކަށް ދެކޮޅު ޓިކެޓް ޚަރަދާއި މެޑިކަލް އިންޝުއަރަންސް ވިސާ ޕްރޮސެސިން ހަރަދުތަކާއި އަދި ސްކޮލާޝިޕްގައި ކިޔަވަމުންދާއިރު ދިރިއުޅުމަށްބޭނުންވާނެ ސްޓައިޕެންޑް ވެސް ދޭނެ އެވެ. ސްކޮލަރޝިޕް އަށް ކުރިމަތިލާ ދަރިވަރުން ކިޔެވުމަށް ކަނޑައަޅާފައިވާ ޔުނިވަރސިޓީ މަރުކަޒުގެ ޕްލޭސްމަންޓް ލެޓާ އެޑްމިޝަން ލެޓާ ހުށަހަޅަން ޖެހެ އެވެ. ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިންނެވެ.

ސްކޮލާޝިޕް ދޭ ދާއިރާތައް

  •  މެޑިކަލް ސްޕެޝަލައިޒޭޝަން (ދިވެހިރާއްޖެއަށް ސްޕެޝަލިސްޓް ޑޮކްޓަރުން ބޭނުންވާ ދާއިރާތަކުން)
  •  ނޫސްވެރިކަމުގެ ދާއިރާ (އަންޑަރގްރެޖުއޭޓް ޑިގްރީ އިން މާސް ކޮމިއުނިކޭޝަން)
  •  އެއާކްރާފްޓް މެއިންޓެނަންސް ލައިސަންސް ޕްރޮގްރާމް
  •  ސަރޓިފިކެޓް ތިން އިން ކޮމާރޝަލް ކުކަރީ
  •  މެޑިކަލް ސްޕެޝަލައިޒޭޝަން (ރާއްޖެއަށް ސްޕެޝަލިސްޓް ޑޮކްޓަރުން ބޭނުންވާ ދާއިރާތަކުން)
  •  މެޑިކަލް ދާއިރާއިން ސްޕެޝަލައިޒްވުމަށް ހުޅުވާލެވިފައިވާ ފުރުސަތުގައި ސްކޮލަރޝިޕް ދެވޭނީ ދިވެހިރާއްޖެއަށް ސްޕެޝަލިސްޓުން ބޭނުންވާ ދާއިރާއިން

މި ސްކޮލަޝިޕް މެދުވެރިކޮށް ތައުލީމު ހާސިލްކުރާ ދަރިވަރުން ކޯސް ފުރިހަމަކުރުމަށްފަހު މަދުވެގެން އެއް އަހަރު ދުވަހު ގްރޭޓާ މާލެ ސަރަހައްދު ނޫން ދިވެހިރާއްޖޭގެ އެހެން ސަރަހައްދެއްގައި ގާއިމްކުރެވިފައިވާ ހޮސްޕިޓަލެއްގައި ނުވަތަ ސިއްހީ މަރުކަޒެއްގައި
މަސައްކަތް ކުރަން ޖެހެ އެވެ،

ކިޔަވަން ފުރުސަތު ދޭ ގައުމުތައް

  •  މެލޭޝިޔާ
  •  އިންޑޮނީޝިޔާ
  •  ތައިލެންޑް ނޭޕާލް
  •  ފިލިޕީންސް
  •  ބަނގްލަދޭޝް
  •  އިންޑިއާ ނުވަތަ ސްރީލަންކާ

ނޫސްވެރިކަމުގެ ދާއިރާއަށް ހާއްސަ

ނޫސްވެރިކަމުގެ ދާއިރާ (އަންޑަގްރެޖުއޭޓް ޑިގްރީ އިން މާސް ކޮމިއުނިކޭޝަން)
މި ސްކޮލާޝިޕް ހުޅުވާލވިފައިވަނީ އަންޑަގްރެޖުއޭޓް ޑިގްރީ ފެންވަރަށް
މި ސްކޮލާޝިޕް ހުޅުވާލެވިފައިވަނީ ޖާނަލިޒަމްގެ ދާއިރާއިން ދިވެހިން ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން
މި ސްކޮލާޝިޕް މެދުވެރިކޮށް ތަޢުލީމު ހާސިލްކުރެވޭނީ މެލޭޝިޔާ އާއި އިންޑޮނީޝިޔާ އަދި ތައިލެންޑާއި ނޭޕާލް އަދި ފިލިޕީންސްގެ އިތުރުން ބަންގްލަދޭޝް އަދި އިންޑިއާއި ނުވަތަ ސްރީލަންކާ މި ގައުމުތަކުގެ ތެރެއިން ގައުމެއްގައި ގާއިމްކުރެވިފައިވާ ޔުނިވާރސިޓީއެއްގަ އެވެ. 

އެއާކްރާފްޓް އިންޖިނިއަރިންގެ ދާއިރާއިން ފުރުސަތު

މި ސްކޮލާޝިޕް ހުޅުވާލެވިފައިވަނީ މެލޭޝިޔާގެ " UniKL " އިން ތިން އަހަރުދުވަހުގެ މުއްދަތަށް ހިންގާ
"66 Part EASA – Programme License Maintenance Aircraft " ކޯސް ހެދުމަށެވެ. މި ސްކޮލާޝިޕް އަށް ކުރިމަތިލާ ދަރިވަރުން މި ޕްރޮގްރާމް އަށް ހޮވުނުކަމުގެ ޕްލޭސްމަންޓް ލެޓާ ހުށަހަޅަންޖެހޭނެ އެވެ. އަދި ސަޓިފިކެޓް ތިން އިން ކޮމާޝަލް ކުކަރީ އަދި މި ސްކޮލާޝިޕް ހުޅުވާލެވިފައިވަނީ ސްރީލަންކާގެ " (CAHM (Management Hospitality of Academy Colombo The " އިން ހިންގާ " Cookery Commercial in 3 Level Certificate the for Institute Angliss William " ކޯސް ހެދުމަށެވެ.

ނޯޓިލަސް ފައުންޑޭޝަނުން - މި ޖަމިއްޔާއަކީ ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސް އާއި މަންޓާ އެއާ ދާލު އެއާޕޯޓް އާއި ރިއޯލޯ ގްރޫޕް އޮފް ކޮމްޕެނީސްއާއި އީގަލް މެރައިން އަދި މޯލްޑިވްސް އޭރޭޓަޑް ވޯޓަރ ކޮމްޕެނީ ގެ ފަރާތުން ހިންގޭ އިޖުތިމާޢީ ހަރަކާއްތައް ވިލަރެސްކޮށް އެ ހަރަކާތްތައް ހިންގާ ޖަމިއްޔާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.