ބަންކަރިންނަށް ފަހި ކުރަން ގަވައިދަކަށް މުހިންމު ބަދަލެއް ގެނެސްފި

މި ގަވައިދުގެ ބޭނުމަކީ އޮފްޝޯވްކޮށް މި ވިޔަފާރި ކުރިއަށް ގެންދަން ބޭނުންވާ ފުރިހަމަ މައުލޫމާތު ހިއްސާ ކުރުމާއި މިންގަނޑުތައް ސާފުކޮށް ދިނުމެވެ.

ބަންކަރިން ވިޔަފާރި ފެށުމުގެ ގޮތުން ބޯޓަކަށް ތެޔޮ ވިއްކަނީ -- ހަތާވީސް

ރާއްޖޭގައި މިހާރު ފަށާފައިވާ ބަންކަރިން ވިޔަފާރިއަށް ފަހި ކުރަން ރާއްޖޭގައި އޯފް ޕޯޓް ލިމިޓާއި އޯފްޝޯ ގައި
ޝިޕިން ހިދުމަތުގެ ގަވައިދު އިސްލާހު ކޮށްފި އެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީން ދިވެހިރާއްޖޭގެ އޯފް ޕޯޓް ލިމިޓާއި އޯފްޝޯގައި ޝިޕިން ހިދުމަތް ދިނުމާބެހޭ ގަވާއިދަށް ގެނައި އިސްލާހާއެކު ސަރުކާރުން ބަންކަރިން ހިދުމަތް ފަށާފައިވާ އިހަވަންދިއްޕޮޅުގައި މި ވިޔަފާރި ފުޅާ ކުރުމުގެ މަގު ފަހި ވެގެންދާނެ އެވެ. 

މި ގަވައިދުގައި އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ވިޔަފާރި ކުރެވޭނެ ސަރަހައްދުތަކާއި އެކަމަށް އަންނަ އުޅަނދު އަމަލު ކުރަން ޖެހޭނެ މިންގަނޑުތައް ބަޔާންކޮށްފައިވެ އެވެ. 

ގަވައިދުގައިވާ ގޮތުން އޮފްޝޯ ލިމިޓަށް ނުވަތަ އޯފްޝޯ އުޅަނދު އަންނަކަށް އެ އުޅަނދެއް އައުމުގެ ލަސްވެގެން 12 ގަޑިއިރުގެ ކުރިން ކަމާބެހޭ މުއައްސަސާތަކަށް އަންގަން ޖެހެ އެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައ، އެ އުޅަނދުގެ ލޯކަލް އެޖެންޓަށްވެސް  މައުލޫމާތު ހިއްސާ ކުރެވޭނެ އެވެ. 

ބޯޓުން ހިއްސާކުރަން ޖެހޭ މައުލޫމާތު

  •  އުޅަނދުގައި ހުރި މުދަލާއ،ި މުދާ ހުރި އަދަދާއ،ި "ޑޭންޖަރަސް"
  •  ކާގޯ އެއް ހުރި ނަމަ އެ މުދަލުގެ ތަފުސީލު
  •  އެއްވެސް ހަތިޔާރެއް ހުރި ނަމަަ އެ ހަތިޔާރުތަކުގެ ތަފުސީލު
  •  މުއްދަތު ހަމަނުވާ "ފައިނޭންޝަލް ލައިބިލިޓީ އޮން އޮއިލް ޕޮލިއުޝަން
  •  ޑެމޭޖް އިންޝުއަރެންސް ޕޮލިސީ" އޮތުން؛
  •  އޯފް ޕޯޓް ލިމިޓާއި އޯފްޝޯރއަށް އުޅަނދު އައުމަށް ހަމަޖެހިފައިވާކަމަށް
  •  ލަފާކުރެވޭ ތާރީޚާއި ގަޑި (އ.ީޓ.ީއޭ)
  •  އޯފް ޕޯޓް ލިމިޓާއި އޯފްޝޯ އިން އުޅަނދު ފުރުމަށް ހަމަޖެހިފައިވާކަމަށް ލަފާކުރާ ތާރީޚާއި ގަޑި (އ.ީޓ.ީޑީ)
  •  އުޅަނދުގައި ތިބި ފަޅުވެރީންނާއި ފަސިންޖަރުންގެ ލިސްޓ
  •  ލާސްޓް ޕޯޓް ކުލިއަރެންސްގެ ކޮޕީ

މި ގަވައިދުގައި ކްރޫއިން ބަދަލު ކުރުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތައްވެސް ބަޔާންކޮށްފައިވެ އެވެ. 

އެސްޓީއޯ އިން ވިޓޯލްއާ ގުޅިގެން ބަންކަރިންގެ ވިޔަފާރި ފަށާފައިވަނީ މިދިޔަ މަހު އެވެ. މިހާތަނަަށް ފެށިފަހުން ދެ ބޯޓަކަށް ތެޔޮ ވިއްކާފައިވެ އެވެ. ފުރަތަމަ ވިއްކީ ރާއްޖެއަށް ދަތުރުކުރާ ބޯޓަކެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޗައިނާގެ ބޯޓަކަށް 1،000 މެޓްރިކް ޓަނުގެ ތެޔޮ ވިއްކާފަ އެވެ. ބަންކަރިން ހިދުމަތް ރާއްޖޭގައި ފަށާއިރު ރާއްޖެ ސަރަހައްދުން ދުވާލެއްގެ މައްޗަށް 300-400 އާ ދެމެދުގެ އަދަދަކަށް އާގު ބޯޓު ހުރަސްކުރެ އެވެ. ސަރުކާރުން އަންދާޒާ ކުރާ ގޮތުގައި މި ވިޔަފާރި ފަށާތާ އަހަރެއްގެ ތެރޭ އާމްދަނީގެ ގޮތުގައި 400 މިލިއަން ޑޮލަރު އިގްތިސޯދަށް ލިބޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.