އެޗްޑީސީގެ 200 މިލިއަން ރުފިޔާގެ ލޯނަކަށް ގެރެންޓީ ދީފި

އެޗްޑީސީ އިން މި ލޯނު ނަގަނީ ތިލަފުށީގެ ދެވަނަ ފިޔަވަހި ކުރިއަށް ގެންދަން އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ބޭނުންވާ 25 ޕަސެންޓް ފައިނޭންސް ކުރުމަށެވެ.

ތިލަފުށި: ސަރުކާރުން ވަނީ އެޗްޑީސީ އަށް މިތަން ތަރައްގީ ކުރަން ލޯނެއް ނަގަން ގެރެންޓީ ދީފަ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތިލަފުށީގައި ހިއްކާ ބިމަކަށް ހަބީބް ބޭންކުން ނެގި 200 މިލިއަން ރުފިޔާގެ ލޯނަކަށް ސަރުކާރުން ގެރެންޓީ ދީފި އެވެ.

ލޯނުގެ މައުލޫމާތު މާލިއްޔަތު ކޮމެޓީގައި ހާމަކޮށްފައިވާއިރު، މި މައުލޫމާތުތައް ދައްކާ ގޮތުން އެ ލޯނު އެޗްޑީސީއިން ނެގީ ތިލަފުށީގެ ދެވަނަ ފިޔަވަހި ކުރިއަށް ގެންދަން އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ބޭނުންވާ 25 ޕަސެންޓް ފައިނޭންސް ކުރާށެވެ.

އެޗްޑީސީއަށް ގެރެންޓީ ދިން ލޯނު

  •  އެޗްޑީސީއިން އެ ލޯނު ނަގަނީ 150 ހެކްޓަރުގެ ބިމެއް ހިއްކުމަށްފަހު އެ ސަރަހައްދުގެ ޝޯ ޕްރޮޓެކްޝަނަށް
  •   އެ ބިން ހަ ޒޯނަކަށް ބަހާލައިގެން އިންޑަސްޓްރިއަލް މަސައްކަތްތައް ކުރާނެ
  •   އެ ތަނުގައި ލިކުއިފައިޑް ނެޗުރަލް ގޭސް ޕްލާންޓެއް ގާއިމް ކުރުމަށް ވެސް ޕްލޭން ކޮށްފައިވޭ

ރާއްޖޭގެ އެންމެ ބޮޑު އެސެޓް އޮތް ކުންފުނި ކަމަށްވާ އެޗްޑީސީއަށް ގެރެންޓީ ދީގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ދެ ފަހަރެއްގެ މަތިން 200 މިލިއަން ރުފިޔާގެ ލޯނު ވަނީ ނަގާފަ އެވެ. އަދި މިދިޔަ އަހަރު މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ ބޭނުމަކަށް ބެންކް އޮފް ސިލޯނުން  230 މިލިއަން ރުފިޔާގެ ދެ ލޯނެއް ނެގި އެވެ. މި ދެ ލޯނު ނަގާފައިވަނީ ސަބްމެރިން ކޭބަލްގެ މަޝްރޫއެއް ހިންގާށެވެ. 

މި އަހަަރުގެ މިހާތަނަށް ސަރުކާރުން ސީދާ ފަސް ލޯނު ނަގައި ދެ ލޯނަކަށް ދައުލަތުގެ ގަރަންޓީ ދީފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކަ އެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ލޯނުތަކުގެ މައުލޫމާތަށް ބަލާއިރު މި އަހަރު ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާއިން ނަގާފައިވާ ދެ ލޯނެއް ހިމެނެ އެވެ. އެއީ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ނަގާފައިވާ 49.9 މިލިއަން ޑޮލރު ( 769 މިލިއަން ރުފިޔާ)ގެ ލޯނަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަށް ސައުދީން ނަގާފައިވާ 99.9 މިލިއަން ޑޮލަރު ނުވަތަ 1.5 ބިލިއަން ރުފިޔާގެ ލޯނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.