އޭގެ ތެރޭގައި ދިވެހި އަންހެނުންނާއި ތިން ތައިލެންޑުގެ ތިން އަންހެނަކާއި ދިވެހި ފިރިހެނަކު ހިމެނެއެވެ.
ފުލުހުން ބުނީ ހުޅުމާލޭ ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެއްގެ ތެރޭގައި ހަށިވިއްކާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައި ފާސްކުރި ކަމަށެވެ.
ފުލުހުން ބުނީ މިތަން ބަލައި ފާސްކޮށް ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދިވެހި އަންހެނުންނާއި ތިން ތައިލެންޑުގެ ތިން އަންހެނަކާއި ދިވެހި ފިރިހެނަކު ހިމެނެއެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ދިވެހި ތިން އަންހެނުންގެ ބަންދަށް ހަތް ދުވަސް، ތައިލެންޑުގެ ތިން އަންހެނުންނަށް 10 ދުވަސް އަދި ފިރިހެން މީހާގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހާފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ