ކޮންފަދަ ނުރައްކާތެރި؛ ހައިވޭގައި ސައިކަލުގެ ކޮންޓްރޯލް ތުއްތު ދަރިފުޅަށް

ފުލުހުން ބުނީ ސޯޝަލް މީޑިއާ އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

އާންމުވެފައިވާ ވީޑިއޯގެ ސްކްރީންޝޮޓެއް

ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހައިވޭގައި މީހަކު ދުއްވި ސައިކަލުގައި އިން ކުޑަކުއްޖަކަށް ސައިކަލުގެ ކޮންޓްރޯލް ދޫކޮށްލައިން އިން މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ ފިރިހެނަކު ދުއްވަމުން ދިޔަ ސައިކަލުގެ ކޮންޓްރޯލް އޭނާގެ ކުރީގައި އިން ތުއްތު ދަރިފުޅަށް ދީގެން އިންނަ މަންޒަރެވެ. ސުކޫލު ޔުނީފޯމެއްގައި ހުރި ތުއްތު ފިރިހެން ކުއްޖާ އިނީ ޝައުގުވެރި ކަމާއެކު ސައިކަލުގެ ހުންގާނުގައި ހިފަހައްޓައިގެންނެވެ.

އެ ފިރިހެން މީހާ އިނީ ހުންގާނުން އެއް އަތް ދޫކޮށްލައިގެންނެވެ. ހައިވޭގައި މި މަންޒަރު ވީޑިއޯ ކުރީ ކާރެއްގައި އިން މީހެކެވެ.

އަދި އެއީ ވަރަށް ނުރައްކާތެރި ކަމެއްކަން ފާހަގަކޮށް ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އެމަން ގެނައުމަށް ވީޑިއޯ އާންމު ކުރި އެވެ.

ފުލުހުން ބުނީ ސޯޝަލް މީޑިއާ އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި ފުލުހުން މިހާރު އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.