ސެޕްޓެންބަރުގެ އާމްދަނީ %93 މައްޗަށް، ޑޮލަރުން 102 މިލިއަން

ސެޕްޓެންބަރު މަހު ޖުމްލަ 2.30 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު މިއީ އެ މަހުގައި ލިބޭނެކަމަށް ކުރިން އަންދާޒާކުރި މިންވަރަށްވުރެ 28.7 އިންސައްތަ އިތުރު އަދަދެކެވެ.

މިނިސްޓްރީ އޮފް ފިނޭންސް އަދި މީރާ -- މި

މި އަހަރުގެ ސެޕްޓެންބަރު މަހުގައި ދައުލަތަށް ލިބުނު އާމްދަނީ ފާއިތުވި އަހަރުގެ ސެޕްޓެންބަރާ އަޅާބަލާއިރު %93.1 އިތުރުވެ، 102.05 މިލިއަން ޑޮލަރު ލިބިއްޖެ އެވެ. 

މީރާއިން ބުނި ގޮތުގައި ނިމުނު އަހަރަށްވުރެ މި އަހަރުގެ ސެޕްޓެންބަރު މަހު ލިބުނު އާމްދަނީ އިތުރުވީ އާންމު މުދަލާއި ހިދުމަތުން ނަގާ ޓެކުހާއި ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތުން ނަގާ ޓެކުހުގެ އިތުރަށް ބިމު ކުލީގެ ގޮތުގައި ލިބުނު އާމްދަނީ ވަރަށް ބޮޑަށް އިތުރުވުމުންނެވެ. އަދި ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ބިންތަކުގެ ލީސް މުއްދަތު އިތުރުކުރުމަށާއި، އެކުއިޒިޝަން ކޯސްުޓުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ. 

ސެޕްޓެންބަރު މަހު ޖުމްލަ 2.30 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު މިއީ އެ މަހުގައި ލިބޭނެކަމަށް ކުރިން އަންދާޒާކުރި މިންވަރަށްވުރެ 28.7 އިންސައްތަ އިތުރު އަދަދެކެވެ. އަންދާޒާކުރި ވަރަށްވުރެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ލީސް މުއްދަތު އިތުރުކުރުމުގެ ފީއާއި ބިމުގެ އެކުއިޒިޝަން އެންޑް ކޮންވާޝަން ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. 

ޖީއެސްޓީގެ ގޮތުގައި ދިވެހި ރުފިޔާއިން 433 މިލިއަން ރުފިޔާ ލިބުނެވެ. އަދި ޓޫރިޒަމްގެ ޖީއެސްޓީގެ ގޮތުގައި ޑޮލަރުން 38.4 މިލިއަން ޑޮލަރު ލިބުނެވެ. ސެޕްޓެންބަރު މަހު ލިބުނު އާމްދަނީގެ 44.5 އިންސައްތައަކީ ޖީއެސްޓީ އެވެ. އަދި އާމްދަނީގެ 37.7 އިންސައްތައަކީ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. 

ލޭންޑް އެކުއިޒިޝަން އެންޑް ކޮންވާޝަން ފީގެ ގޮތުގައި 4.5 މިލިއަން ޑޮލަރު އަދި ފަތުރުވެރިކަށް ދޫކޮށްފައިވާ ބިންތަކުގެ ލީސް މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި 15 މިލިއަން ޑޮލަރު ދައުލަތަށް ސެޕްޓެންބަރު މަހުގައި ލިބުނެވެ. 

އަދި ސެޕްޓެންބަރުގައި އިންކަމް ޓެކުހުގެ ގޮތުގައި 166.4 މިލިއަން ރުފިޔާއާއި 555،302 ޑޮލަރު ލިބުނެވެ. އެއީ ޖުމްލަ 174.9 މިލިއަން ރުފިޔާ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.