ޕިކަޕު ބެޓަރީތަކެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

އެމީހުން ދަތުރުކުރި ޕިކަޕުގައި ތިބި މީހުންނާމެދު ޝައްކު ކުރެވިގެން ޕިކަޕް ހުއްޓުވައި ފުލުހުން ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޕިކަޕް ބެޓަރީގެ 12 ބެޓަރީ ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.

ޕިކަޕު ބެޓަރިތަކެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން، ފޮޓޯ: ޕޮލިސް

ޕިކަޕު ބެޓަރީތަކެއް ވަަގަށް ނެގިކަމަށް ތުހުމަތުވާ ދެ މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ. 

މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު މީޑިޔާއަށް މައުލޫމާތު ދިން ގޮތުގައި ހައްޔަރުކޮށްފައިވަނީ ސ.މަރަދޫފޭދޫ، މާކަރީ ލައިޓް، އުމުރުން 32 އަހަރުގެ އަލީ އަހުސަނާއި ސ.ފޭދޫ، އަނަސް، އުމުރުން 43 އަހަރުގެ މުހައްމަދު ނަޒީދެވެ. 

ފުލުހުން ބުނި ގޮތުގައި މި ދެމީހުން ހައްޔަރުކުރީ މާލޭގެ ފަރީދީ މަގާއި ޗާންދަނީ މަގު ގުޅޭ ހިސާބުން ދުއްވާފައި ދިޔަ ޕިކަޕަކުންނެވެ.

އެ ޕިކަޕުގައި ތިބި މީހުންނާމެދު ޝައްކު ކުރެވިގެން ޕިކަޕް ހުއްޓުވައި ފުލުހުން ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޕިކަޕް ބެޓަރީގެ 12 ބެޓަރީ ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ. 

އިތުރަށް ފުލުހުން ބުނެފައިވަނީ އެ މައްސަލަ އެ އިދާރާއިން ތަހުގީގުކުރަމުންދާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.