ކުއްޖަކާ 12 އަހަރު ބެހުނު މީހަކު 15 އަހަރަށް ޖަލަށް

ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ ކުއްޖާއަށް ބޮޑުބޭބެ ޖިންސީ ގޯނާ ކުރާކަން ކިޔައިދިނީ އޭގެ އެތައް އަހަރެއް ފަހުން ނަމަވެސް، ހުރިހާ މަހަލެއްގައި ވެސް ކަން ހިނގާފައިވާ ގޮތް ކުއްޖާ ކިޔައިދީފައި ވަނީ އެއްގޮތަކަށް ކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓު

ބާރަ އަހަރުތެރޭގައި އެކި ދުވަސް މަތިން ކުއްޖަކާ ބެހުނު ބޮޑުބޭބެއަކު 15 އަހަރަށް ޖަލަށްލާން ހައިކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

އޭނާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ 2009 ވަނަ އަހަރުން ފެށިގެން އޮކްޓޯބަރ 29، 2021 އާ ދެމެދު އޭނާއަށް ބޮޑުބޭބެ (ކުއްޖާގެ މަންމަ ފަރާތު) ކިޔާ ކުއްޖަކާ އެކި ދުވަސް މަތިން ބެހިފައިވާތީ އެވެ. ކުއްޖާގެ މަންމަ އެކި ފަހަރު ބަލިވެގެން މާލެ ދިއުމުން ކުއްޖާއާ ބެހިފައިވެ އެވެ. ކުއްޖާގެ މަންމަ މާލެ ދަނީ އޭނާގެ އަނބިމީހާއާ ހަވާލުކޮށްފަ އެވެ. 

އަދި އެކުއްޖާއަށް ދައްކައިގެން އޮރިޔާން މަންޒަރު ފެންނަ ވީޑިއޯ ބަލާކަމަށްވެސް ކުއްޖާ ކިޔައިދީފައިވެ އެވެ. އެކުއްޖާ ކިޔައިދިން ގޮތުގައި، އުމުރުން ފަސް އަހަރުން ފެށިގެން ބޮޑުބޭބެ ދަނީ ޖިންސީ ގޯނާ ކުރަމުންނެވެ.

މި މައްސަލާގައި އޭނާގެ މައްޗަށް ކުރީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުނުވާ ކަމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ.

އެހެންވެ، ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ ކުއްޖާއަށް ބޮޑުބޭބެ ޖިންސީ ގޯނާ ކުރާކަން ކިޔައިދިނީ އޭގެ އެތައް އަހަރެއް ފަހުން ނަމަވެސް، ހުރިހާ މަހަލެއްގައި ވެސް ކަން ހިނގާފައިވާ ގޮތް ކުއްޖާ ކިޔައިދީފައި ވަނީ އެއްގޮތަކަށް ކަމަށެވެ. ކުއްޖާގެ ވާހަކައިގައި އެއްވެސް ފުށުއެރުމެއް ނެތްކަމަށް ހުކުމުގައިވެ އެވެ.

މި މައްސަލައިގައި ބޮޑުބޭބެގެ ފަރާތުން ދިފާއީ ހެކިބަސް ހުށަހަޅާފައިވާއިރު، އެހެކިވެރިން ބުނެފައި ވަނީ ކުއްޖާއަކީ އަހުލާގީ ގޮތުން ރަގަޅު ކުއްޖެއް ނޫން ކަމަށެވެ. ނަމަވެސް ހުކުމުގައި ބުނެފައި ވަނީ އެމީހުންގެ ހެކިބަހަށް ބާރުލިބޭ އެހެން ހެއްކެއް ނެތް ކަމަށެވެ.

ހައިކޯޓުން ކަނޑައަޅާފައި ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދި 15 އަހަރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.