އެގޮތުން ހުޅުވާލެވިފަައިވާ މިނިވަން އިންޑިޔާ ޕެސިފިކް ސަރަހައްދެއް ކަށަަވަރުކުރުމަށް ދިވެހިރާއްޖެއާއި ޖަޕާނުގެ މެދުގައި އޮތް ދުވަސްވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ބޮޑުވަޒީރު އިޝިބާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރެއްވުމާއެކު ރާއްޖެއާއި ޖަޕާނުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން އެ ގައުމުގެ އައު ބޮޑުވަޒީރު ޝިގެރޫ އިޝިބާ ދެއްވައިފި އެވެ.
އޭނާ ރައީސަށް ޝުކުރު އަދާކުރެއްވީ ޖަޕާނުގެ ބޮޑުވަޒީރުގެ މަގާމަށް އޭނާ އިންތިހާބުވެވަޑައިގަތުމާ ގުޅިގެން މަރުހަބާ ވިދާޅުވެ އެކްސްގައި ރައީސް ޝާއިއުކުރެއްވި ޕޯސްޓަކާ ގުޅިގެން މިއަދު އެކްސްގެ ޒަރީއާއިން ދެއްވި މެސެޖެއްގަ އެވެ.
ރައީސް ވިދާޅުވެފައިވަނީ އިޝިބާގެ ލީޑާޝިޕުގައި ރާއްޖެއާއި ޖަޕާނުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ ޖަޕާނަށް އިތުރު ތަރައްގީއާއި ތަނަވަސްކަން ލިބޭނެކަމުގެ ޔަގީކަން އެމަނިކުފާނަށް އޮތް ކަމަށެވެ.
އެމަނިކުފާނުގެ މަރުހަބާގެ މެސެޖާ ގުޅިގެން ބޮޑުވަޒީރު އިޝިބާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވި ހެޔޮ ބަސްފުޅުތަކަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ. އަދި ރައީސާއެކު ގާތުން މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.