އިންޑިޔާއިން ހައިޑްރޮގްރަފީ ސާވޭ ނުހަދާނެ؛ އެހީވާނީ ގާބިލުކަން އިތުރުކުރަން

އެ ލިޔުމުގައި ބުނެފައިވަނީ ހައިޑްރޮގްރަފީ ދާއިރާއިން އިންޑިޔާއިން އެހީތެރިކަން ފޯރުކޮށްދޭނީ ގާބިލުކަން އިތުރުކުރުމާއި ތަމްރީނު ފޯރުކޮށްދީގެން ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި އިންޑިޔާއިން ދިވެހި ކަނޑުތަކުގެ ހައިޑްރޮގްރަފީ ސާވޭ ހެދުމުގެ ބަދަލުގައި އެ ގައުމުން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަށް އެފަދަ ސާވޭ ހެދުމުގެ ގާބިލުކަން އިތުރުކުރުމުގައި އެހީތެރިވާން ނިންމައިފި އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިންޑިޔާއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އިންޑިޔާގެ ބޮޑުވަޒީރު ނެރެންދުރަ މޯދީއާއެކު ބޭއްވެވި ރަސްމީ މަޝްވަރާ ބައްދަލުވުންތަކުގައި ދެ ގައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރާނެ ގޮތުގެ ލިޔުމެއް އެކުލަވައިލާފައިވެ އެވެ. 

"ވިޝަން ފޯ ކޮމްޕްރެހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނާޝިޕް"ގެ ނަމުގައި އެކުލަވައިލި ކަރުދާހުގައި ހައިޑްރޮގްރަފީގެ ދާއިރާއިން އިންޑިޔާއިން އެހީތެރިކަން ފޯރުކޮށްދޭ ވާހަކަ އޮތުމުން ބައެއް މީޑީޔާއިން އެއީ އިންޑިޔާއިން ރާއްޖޭގެ ކަނޑުތަކުގައި ހައިޑްރޮގްރަފީ ސާވޭތައް އަލުން ހަދަން ފެށުމަށް އެއްބަސްވުން ކަމަށް ސިފަކޮށްފައިވެ އެވެ.  

ނަމަވެސް މި ލިޔުމަކީ ދެ ގައުމުގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ނޫނެވެ. މިއީ ކުރިއަށް އޮތް ތަނުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ ކަންކަން ހިމެނޭ ލިސްޓެކެވެ. އެ ލިސްޓުގައި ހައިޑްރޮގްރަފީ ދާއިރާއިން އެއްބާރުލުން ދިނުން ހިމެނެ އެވެ. 

ނަމަވެސް އެ ލިޔުމުގައި ބުނެފައިވަނީ ހައިޑްރޮގްރަފީ ދާއިރާއިން އިންޑިޔާއިން އެހީތެރިކަން ފޯރުކޮށްދޭނީ ގާބިލުކަން އިތުރުކުރުމާއި ތަމްރީނު ފޯރުކޮށްދީގެން ކަމަށެވެ. ފާއިތުވި ވެރިކަމުގައި އިންޑިޔާއާއެކު ހެދި އެއްބަސްވުމެއްގެ ދަށުން އެ ގައުމުގެ ކަނޑުގެ ސިފައިން ރާއްޖޭގެ ހައިޑްރޮގްރަފީ ސާވޭ ހެދި އެވެ. 

އެ ސާވޭއިން އެއްކުރާ ޑާޓާ ރައްކާކުރަމުން އައީ އިންޑިޔާގައި ހުންނަ މަރުކަޒެއްގަ އެވެ. އަދި ޑާޓާ ބޭނުންކޮށްގެން ނެވިކަމުގައި ބޭނުންކުރާ ޗާޓުތައް ތައްޔާރުކޮށް ވިއްކަމުން އައީވެސް އިންޑިޔާއިންނެވެ. 

އެއިރު އެކުލަވައިލާފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަަވުމާއެކު ރައީސް މުއިއްޒު ނިންމަވާފައިވަނީ އިތުރަށް އެ އެއްބަސްވުން އައު ނުކުރުމަށެވެ. އެހެންކަމުން މިހާރު އިންޑިޔާއިން ހުށަހަޅާފައިވަނީވެސް ހައިޑްރޮގްރަފީ ސާވޭ އެ ގައުމުން ހެދުމުގެ ބަދަލުގައި ސާވޭ ހެދުމަށް ބޭނުންވާ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތުގައި އެހީތެރިވުމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.