އެއީ ރައީސް މަރާލާނެ ކަމަށް ބުނެ އިންޒާރު ދިނުމާއި ދައުލަތުގެ އެކި ފެންވަރުގެ ވެރީންނަށް ނިސްބަތްކޮށް މަރާލާނެ ކަމަށް އިންޒާރު ދިނުމާއި އިތުރު އެތައް ބަޔަކަށް ގެއްލުންދޭނެ ކަމަށް ބުނެ އިންޒާރު ދިނުމާއި ހަޑިހުތުރު ބަހުން އެކި ޕޯސްޓްތައް ކުރުމާއި އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދީ ޕޯސްޓް ކުރުމުގެ ތުހުމަތެވެ..
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަވަހާރަކޮށްލާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި އިންޒާރު ދިން މީހާ މިރޭ ހައްޔަރު ކޮށްފި އެވެ.
އދ ގައި ރައީސް ތަގުރީރު ކުރައްވާ މަންޒަރު ފެންނަ ވީޑިއޯއަކަށް މީހަކު ކުރި ކޮމެންޓެއް ގައި ވަނީ ރައީސަށް މަރުގެ އިންޒާރު ދީފަ އެވެ. އެއް މެސެޖުގައި ރައީސްގެ "ކަރު ބުރިކޮށްލާނަން" ކަމަށް ބުނެފައިވެ އެވެ. އަދި އަނެއް ކޮމެންޓް ގައި ރައީސަށް އިޝާރާތް ކޮށް "ކަލޭ މާރާލަން" ކަމަށް ލިޔެފައިވެ އެވެ.
އޭގެ ފަހުން އޭނާ ވަނީ އަމިއްލަ އެކައުންޓުން ކުރި ޕޯސްޓްތަކެއް ގައި ފުލުހަށް ޓެގްކޮށް "މަ ހައްޔަރު ކޮށް ބަލަ" މިހެން ލިޔެފައިވެ އެވެ. އެއީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
ފުލުހުން ވަނީ ވަގުތުން އެ މައްސަލައިގެ ސީރިއަސް ތަހުގީގެއް ފަަށާފަ އެވެ. އިންޒާރު ދިން މީހާ އޭރު ހުރީ އިންޑިއާގަ އެވެ. ނަމަވެސް އެ މީހާ މިރޭ ރާއްޖެ އައުމުން ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފަ އެވެ.
ފުލުުހުން ވަނީ އޭނާގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ. އެއީ ރައީސް މަރާލާނެ ކަމަށް ބުނެ އިންޒާރު ދިނުމާއި ދައުލަތުގެ އެކި ފެންވަރުގެ ވެރީންނަށް ނިސްބަތްކޮށް މަރާލާނެ ކަމަށް އިންޒާރު ދިނުމާއި އިތުރު އެތައް ބަޔަކަށް ގެއްލުންދޭނެ ކަމަށް ބުނެ އިންޒާރު ދިނުމާއި ހަޑިހުތުރު ބަހުން އެކި ޕޯސްޓްތައް ކުރުމާއި އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދީ ޕޯސްޓް ކުރުމުގެ ތުހުމަތެވެ.
ރައީސަށް މަރުގެ އިންޒާރު ދީފައި ވަނީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް މީހެކެވެ. އެއީ އަބްދުﷲ މިއާދު ޔޫސުފެވެ. އޭނާ ވަނީ އޭގެ ކުރީ ދެތީން ދުވަހު ފޭސްބުކު ގައި އެކި ކަހަލަ ހުތުރު ޕޯސްޓްތަކެއް ކޮށްފަ އެވެ. އޭނާގެ އާއިލީ މީހުންނާ ގުޅޭގޮތުން ވެސް ތަފާތު ތުހުމަތުތައް ކޮށް ޕޯސްޓް ކޮށްފައިވެ އެވެ. އޭނާގެ ދައްތަގެ ފިރިމީހާ -- މެންބަރު އަބްދުލްޣަފޫރަށް ނިސްބަތް ކޮށް ވެސް ވަރަށް ހުތުރު ބަހުން ޕޯސްޓްތައް ކޮށްފައިވެ އެވެ.
އަދި އޭގެ ފަހުން އޭނާގެ އެއްބަނޑު އެއްބަފާ މީހުންނަށް ވެސް އެކި ކަހަލަ ތުހުމަތުތައް ކޮށް ޕޯސްޓް ކޮށްފައިވެ އެވެ. އެފަދަ ޕޯސްޓްތައް ކުރާތީ އާއިލާގެ މީހުން އޭނާއަށް ގުޅަން ވަރަށް މަސައްކަތްކޮށް ފޯނަށް ނުގުޅޭތީ މެސެޖުކުރުމުން އެ މެސެޖުތަކުގެ ސްކްރީންޝޮޓްތައް ފޭސްބުކަށްލާ އޭނާއަށް ނުގުޅުމަށް އިންޒާރު ކޮށްފައިވެ އެވެ.
އޭނާ ދިރިއުޅެނީ އިންޑިއާގަ އެވެ. އޭނާ މިހާރު އުޅޭ އެޑްރެސް ހޯދަން ވެސް އާއިލާ މީހުން މެސެޖު ކުރިކަން ހާމަކޮށް ޕޯސްޓެއް ކުރި އެވެ. އެ ޕޯސްޓް ގައި ވެސް ވަނީ އެގޮތަށް މެސެޖު ކުރުމުން އިންޒާރު ދީފަ އެވެ. އަދި އޭނާ ވަނީ މެންބަރު ޣަފޫރު، އޭނާގެ ބައްޕައަށް ސިހުރު ހަދާފައިވާ ކަމަށާ އޭނާގެ އާއިލީގެ އެ މީހުންގެ އަތުން އަތުލާފައިވާ ކަމަށް ދޭހަވާ މޭރުމުން ވެސް ވާހަކަތަކެއް ދައްކާފަ އެވެ.