ރާއްޖެ-އިންޑިއާ ގުޅުން އިޔާދަވާ ދާތަން ފެނުމުން ވަރަށް އުފާވޭ: ނަޝީދު

އިންޑިއާއާ އެއްކޮށް އަބަދުވެސް ވަކާލާތު ކުރައްވާ ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖެ-އިންޑިއާ އަބަދުވެސް އޮންނަން ވާނީ ވަރަށް އެކުވެރި ދެ ގައުމުގެ ގޮތުގަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖެ-އިންޑިއާ ގުޅުން އިޔާދަވާ ދާތަން ފެނުމުން އެކަމާ ވަރަށް އުފާކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެކްސް ގައި ވިދާޅުވީ ރާއްޖެ-އިންޑިއާ އަކީ ވަރަށް ގިނަ ގޮތްގޮތުން އެއްގޮތް ކަންތައްތަކެއް ހުރި ދެ ގައުމު ކަމަށެވެ. މިސާލުތަކެއް ވެސް ފާހަގަ ކުރެއްވި އެވެ. ވިދާޅުވީ ފިލްމާއި މިއުޒިކާއި ކެއުމާއި ތާރީހާއި އެފަދަ ކިތަންމެ ކަމެއްގައި ދެ ގައުމުގެ އެއްގޮތް ކަންކަން ގިނަ ކަމަށެވެ.

އިންޑިއާއާ އެއްކޮށް އަބަދުވެސް ވަކާލާތު ކުރައްވާ ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖެ-އިންޑިއާ އަބަދުވެސް އޮންނަން ވާނީ ވަރަށް އެކުވެރި ދެ ގައުމުގެ ގޮތުގަ އެވެ. އަދި ވިދާޅުވީ ދެ ގައުމުގެ މެދުގައި އުފެދިފައި އޮތް ދެބަސްވުން ނެތި ކުރީން އޮތް ގުޅުން އިއާދަވަމުންދާތީ އެކަމާއި އުފާ ކުރައްވާ ކަމަށެވެ.

އެކަމަށްޓަކާ ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީއަށް އެމަނިކުފާނު ވަނީ މަރުހަބާ ދަންނަވާފަ އެވެ.

ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް އިންޑިޔާ ސިފައިން އަނބުރާ ފޮނުވައިލެއްވުމުގެ މަސައްކަތްޕުޅު ފެއްޓެވުމުން ދެ ގައުމުގެ މެދުގައި އޮތް ގުޅުން ހީނަރުވެ ނުތަނަވަސްކަން އުފެދުނެވެ. ނަމަވެސް ޑިޕްލޮމަސީގެ ތެރެއިން ކުރެވުނު މަޝްވަރާތަކާއެކު އިންޑިޔާ ސިފައިން އަނބުރާ ގެންދިއުމަށްފަހު ދެ ގައުމުގެ ގުޅުން ރަނގަޅުވާންވަނީ ފަށާފަ އެވެ. ފަހުން މި ސަރުކާރުގެ އިސް ބައެއް ބޭފުޅުން މޯދީއަށް ފުރައްސާރަ ކުރުމުން ވަރަށް ބޮޑަށް ގުޅުން ގޯސްވި އެވެ.

އިންޑިޔާ-ރާއްޖެ ގުޅުން ހީނަރުވުމަށް ފަހު އަލުން ރަނގަޅުވާން ފަށާފައިވާއިރު، އިންޑިޔާއިން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ސަރުކާރުން އެދިފައިވެ އެވެ. އަދި ރިޒާވްއަށް ދިމާވެފައިވާ ތާށިކަން ހައްލުކުރުމަށް އިންޑިޔާއިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހެދުމަށް އެމްއެމްއޭއިން ދަނީ އެ ގައުމާއެކު މަޝްވަރާކުރަމުންނެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.