ސީޓު އެއާ ކާގޯ ވިޔަފާރި | މިހާރު ރާއްޖޭން ޔޫރަޕަށް ފަސް އެއާލަނަކުން މުދާ އުފުލާ

ސީޓު އެއާ ކާގޯ ވިޔަފާރީގައި އިސް ދައުރެއް އަދާކުރަނީ އެމްޕީއެލް އެވެ. މިގޮތުން އުފުލަނީ ޔޫރަޕުގެ ބޮޑެތި މާކެޓުތަކަށް ދުނިޔޭގެ އެކި ފެކްޓްރީތަކުން ގެންދަން ޖެހޭ މުދަކެވެ.

ސީ ޓު އެއާ ކާގޯ ވިޔަފާރީގައި ޔޫރަޕަށް ބޭރުކުރަން ވީއައިއޭގައި ހުރި މުދާ އެމިރޭޓްސްއަށް އަރުވަނީ -- އެމްއޭސީއެލް

ކުރިން ރާއްޖޭން އުފުލަނީ ހަމައެކަނި މަހެވެ. މިހާރު އަންނައުނު ވެސް އުފުލައެވެ. 

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިސް ނެގުމަކަށް ފެށި ކަނޑުގެ މަގުން ގެންނަ މުދާ ވައިގެ މަގުން ބޭރު ކުރުމުގެ ވިޔަފާރި ސީޓު އެއާ ކާގޯގެ ހިދުމަތް ފުޅާވެ  ޔޫރަޕަށް މުދާ ގެންދިއުމުގެ ވިޔަފާރި ފަސް އެއާލައިނަކުން ފަށައިފި އެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްސް (އެމްޕީއެލް) އިން ބުނީ ސީ ޓު އެއާ ކާގޯ ވިޔަފާރި އަށް އޮތް ޑިމާންޑް ދަނީ ހަލުވިކަމާއެކު އިތުރުވަމުންނެވެ. މިގޮތުން މިހާރު ޓާކިޝް އެއާލައިން އާއި ގަތަރު އެއާވޭސް ހިމެނޭހެން ފަސް އެއާލައިނަކުން ވަނީ ރާއްޖޭން ޔޫރަޕަށް ބޭރު ކުރުމުގެ މަސައްކަތް ފަށާފަ އެވެ. އެހެންފަހުން މި ވިޔަފާރި ފަށާފައިވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިން އެމިރޭޓްސް އިންނެވެ. އެމިރޭޓްސް އިން ވަނީ އިއްޔެ 26 ޓަނުގެ މުދާ ޔޫރަޕަށް ބޭރުކޮށްފަ އެވެ. ޔޫރަޕަށް ބޭރުކޮށްފައިވަނީ ޔޫރަޕުގެ ބޮޑެތި ބްރޭންޑުތަކުގެ ގިނަ އަންނައުނު ފެކްޓްރީތައް ހުރި ބަންގާޅުން ގެންނަ މުދަލެވެ. 

އެމްޕީއެލް އިން ބުނީ މި ވިޔަފާރި ފުޅާވަމުންދާއިރު ޔޫރަޕަށް ބޭނުންވާ މުދާ ގެންނަދަން ދާދިފަހުން ވަނީ ގަަތަރު އެއާވޭސްގެ ކާގޯ ބޯޓެއް ވެސް ރާއްޖެ އައިސްފަ އެވެ. ސަބަބަކީ އެކަމަށް އޮތް ލޯޑު ބޮޑުވަމުން ދިއުމެވެ. 

ރާއްޖެއަކީ މި ސަރަހައްދުގެ އެންމެ ގިނަ އެއާލައިން އަންނަ އެއް އެއާޕޯޓް ނަމަވެސް ރާއްޖޭން އެއާލައިން ހުސްކޮށް ދާން ޖެހޭތީ ގިނަ އެއާލައިންތަކުން ޝަކުވާ ކުރެ އެވެ. މިއީ މި ވިޔަފާރި ފުޅާކުރަން މިހާތަނަށް އޮތް އެންމެ ބޮޑު އެއް ހުރަހެވެ. ސަބަބަކީ ރާއްޖޭން ޔޫރަޕަށް ބޭރު ކުރަން އޮންނަ ހަމައެކަނި މުދަލަކީ މަދު ކަނޑުމަސްކޮޅެއް ކަމަށްވުމެވެ. 

ސީ ޓު އެއާ ކާގޯ ހިނގާ ގޮތް

މި ވިޔަފާރި ރާއްޖޭގައި މިހާތަނަށް ކުރީ ވަރަށް ކުޑަކޮށެވެ. ސަބަބަކީ މި ވިޔަފާރި ކުރަން ސަރުކާރުގެ ގިނަ ކުންފުނިތަކާއި ވުޒާރާތައް ގުޅިގެން މަސައްކަތް ކުރަން ޖެހުނުނަވެސް އެކަން ނުވެ އޮތުމެވެ. މި ވިޔަފާރި ފަށަން ވާހަކަ ދެއްކިނަމަވެސް މިކަން ނުފެށި އޮއްވައި މިކަން ފަށާފައިވަނީ މި ސަރުކާރު އައިފަހުންނެވެ. މި ވިޔަފާރި ހިނގާ ގޮތަކީ ރާއްޖެ އަށް ކަނޑުމަގުން މުދާ އައުމުން ކޮންޓެއިނާ ހުރި ގޮތަށް ނުވަތަ އޭގައި ހުރި މުދާ ވަކިކޮށްގެން އެމްޕީއެލްގެ އެހީތެރިކަމާއެކު ވީއައިއޭ އަށް ގެންގޮސް އޭގެ މަންޒިލަށް ފޮނުވުމެވެ. މި މަސައްކަތުގައި ކަސްޓަމަސް އާއި އިމިގްރޭޝަން އަދި އެމްއޭސީއެލް އެއްކޮށް މަސައްކަތް ކުރެ އެވެ. ކަނޑުމަގުން ރާއްޖެ ގެންނަނީ ދުނިޔޭގެ ބޮޑެތި ފެކްޓްރީތަކުގެ މުދާ ޔޫރަޕަށް ގެންދަން ހުންނަ މުދަލެވެ. މި މުދަލަކީ ކަނޑުމަގުން ގެންދިއުން ލަސްވުމުގެ ސަބަބުން ލަސްވާ މުދަލެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.