ދެވަނަ ކުއާޓާގައި %4.5 އިން ޖީޑީޕީ ކުރިއެރި، މުހިއްމު ސިނާއަތްތައް ފުޅާވި

ދެވަނަ ކުއާޓާގައި ޖީޑީޕީ އިތުރުވީ މައިގަނޑު ގޮތެއްގައި ޕަބްލިކް އެޑްމިނިސްޓްރޭޝަންއާއި ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާއިން އައި ކުރިއެރުމާ ގުޅިގެންނެވެ. އަދި ޓޫރިޒަމާއި، ރިއަލް އެސްޓޭޓާއި މާލީ ހިދުމަތްތަކުގެ ދާއިރާވެސް ފުޅާވި އެވެ.

މާލޭގެ ލޯކަލްމާރުކޭޓުގައި ބަޔަކު ވިޔަފާރި ކުރަނީ -- ފޮޓޯ: ޔާމިން މުޙައްމަދު / މިރާ

މި އަހަރުގެ ދެވަނަ ކުއާޓާގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ނިމުނު އަހަރުގެ ދެވަނަ ކުއާޓާއާ އަޅާބަލާއިރު 4.5 އިންސައްތަ ކުރިއަރައިފި އެވެ. 

އެމްއެމްއޭއިން މަހަކު އެއްފަހަރު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކޮށްފައިވާ މި އަހރުގެ ދެވަނަ ކުއާޓާގެނ ކުއާޓާލީ ނޭޝަނަލް އެކައުންޓްސްއިން ދައްކާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓާގައި ރާއްޖޭގެ ޖީޑީޕީ ނިމުނު އަހަރުގެ ދެވަނަ ކުއާޓާއަށްވުރެެ 4.5 އިންސައްތަ ކުރިއެރި އެވެ. 

ނަމަވެސް އެ ހިސާބުތަކުން އެނގޭ ގޮތުގައި 2024 ވަނަ އަހަރުގެ ފުރަަތަމަ ކުއާޓާއާ އަޅާބަލާއިރު ދެވަނަ ކުއާޓާގައި ޖީޑީޕީގެ ކުރިއެރުންވަނީ މަޑުޖެހިފަ އެވެ. އެގޮތުން ފުރަތަމަ ކުއާޓާގައި ޖީޑީޕީވަނީ 7.7 އިންސައްތައިން ކުރިއަރާފަ އެވެ. 

ދެވަނަ ކުއާޓާގައި ޖީޑީޕީ އިތުރުވީ މައިގަނޑު ގޮތެއްގައި ޕަބްލިކް އެޑްމިނިސްޓްރޭޝަންއާއި ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާއިން އައި ކުރިއެރުމާ ގުޅިގެންނެވެ. އޭގެ އިތުރަށް އެމްއެމްއޭއިން ބުނީ ޓޫރިޒަމާއި، ރިއަލް އެސްޓޭޓާއި މާލީ ހިދުމަތްތަކުގެ ދާއިރާވެސް ދެވަނަ ކުއާޓާގައި ފުޅާވިކަމަށެވެ. 

ނަމަވެސް ދެވަނަ ކުއާޓާގައި ބައެއް ދާއިރާތައް ދަށަށް ދިޔަކަން އެމްއެމްއޭގެ އިކޮނޮމިކް އަޕްޑޭޓުގައި ފާހަގަކުރި އެވެ. އެގޮތުން މަސްވެރިކަމާއި އިމާރާތްކުރުމުގެ ސިނާއަތާއި، މުދާ އުފެއްދުމުގެ ދާއިރާ ދެވަނަ ކުއާޓާގައި ދަށްވިކަމަށް އެ އިދާރާއިން ބުނެ އެވެ. 

މަރުކަޒީ ބޭންކުން ލަފާކުރާ ގޮތުގައި މި އަހރު ރާއްޖޭގެ އިގުތިސާދު މިހާރު ކުރިއަރާނީ 4.9 އިންސައްތައިންނެވެ. އެއީ ކުރިން ލަފާކުރި 5.5 އިންސައްތައިގެ ކުރިއެރުމަށްވުރެ ދަށް ކުރިއެރުމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.