ޑޮލަރު މާރުކުރާ ގަވައިދުން ޓޫރިޒަމާއި ރައްޔިތު މީހާއަށް ވެސް ފައިދާކުރާނެ

ފިރާގު ވިދާޅުވެފައިވާ ގޮތުގައި މި އިސްލާހުގެ ސަބަބުން ޓޫރިޒަމް އަޕްގްރޭޑަށާއި ރައްޔިތުންގެ ބޭނުމަށްވެސް ޑޮލަރު ލިބޭނެ އެވެ.

އިނަ މޯލްޑިވްސް މުހައްމަދު ފިރާގު -- ރަސް

ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރެވޭ ގޮތަށް މަރުކަޒީ ބޭންކުން ގެނައި އިސްލާހަކީ ރާއްޖޭން ކޮންމެހެން ވެސް އަޅަން ޖެހޭ ފިޔަވަޅެއް ކަމަށް ޓޫރިޒަމް ސިނާއަތުގައި ހިދުމަތްކުރައްވާތާ ގިނަ ދުވަސްވެފައިވާ އިނަ މޯލްޑިވްސް މުހައްމަދު ފިރާގު ވިދާޅުވެއްޖެ އެވެ.

އިނަ މޯލްޑިވްސް ފިރާގު ވިދާޅުވި ގޮތުގައި ޓޫރިސްޓް ފެސިލިޓީއެއްގެ އާމްދަނީއަކީ ހަމައެކަނި ރޫމް ބުކިން އަށް ނިސްބަތްވާ އާމްދަނީއެއް ނޫނެވެ. ހަގީގަތުގައި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ގާތްގަނޑަކަށް %25 އާއި % 35 އާއި ދެމެދުގެ އަދަދަކަށް އާމްދަނީ ލިބެނީ ފަތުރުވެރިންނަށް ފޯރުކޮށްދޭ އިތުރު އެކިއެކި ހަރަކާތްތަކު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޓޫރިޒަމް ތަރައްގީ ކުރުމަށް އޮތް ޑިމާންޑް ބޮޑުވެ، އިންފްރާސްޓްރަކްޗާ ފުޅާވަމުންދާއިރު، ބޭރު ފައިސާގެ ބޭނުންތެރިކަން ވަރަށް ބޮޑެ އެވެ. އެއީ ހަމައެކަނި ކުރު މުއްދަތުގެ ފައިދާތަކެއް ހޯދުމަށް އާ ސިޔާސަތުތައް ތަންފީޒު ކުރުމެއް ނޫން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"ފަތުރުވެރިކަމުގެ ދާއިރާގެ ދިގު މުއްދަތުގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމެވެ. މި ތަރައްގީތަކަށް ބޮޑު އިންވެސްޓްމަންޓެއް ބޭނުންވާއިރު ދުނިޔޭގެ ބާޒާރުގައި ރާއްޖެ ވާދަވެރި ގޮތެއްގައި ދެމިއޮތުމަށް، ފެސިލިޓީތައް އަޕްގްރޭޑް ކުރުމާއި އިތުރު ފަތުރުވެރިން ޝައުޤުވެރިކުރުވުމަށްވެސް ކުރަންޖެހޭ ހޭދައަށާއި ގައުމުގެ ރައްޔިތުންގެ އަސާސީ ބޭނުން ތަކަށް ބޭރު ފައިސާ ވަރަށް މުހިންމު އެވެ،" އޭނާ ވިދާޅުވެފައިވެ އެވެ..

އޭނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ވުމާއެކު ސަރުކާރުން މިވަގުތުގެ ހާލަތަށް ބަލާ އެޅި ފިޔަވަޅު އެއީ ކޮންމެ ހާލަތެއްގައި ނަމަވެސް އަޅަން ޖެހޭ ފިޔަވަޅެއް ކަމަށް ދެކެމެވެ. އަދި ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުން ގެ ބޭނުން ތަށް ދެނެގަނެ ހައްލުހޯދުން ކަން ފިރާގު ފާހަގަ ކުރެއްވި އެވެ. 

ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ޑޮލަރު އާމްދަނީގެ ތެރެއިން މިންވަރެއް ބޭންކުތަކަށް މާރުކުރުން ލާޒިމުކޮށް ބޭރު ފައިސާއާ ބެހޭ ގަވާއިދު މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރެފައިވެ އެވެ. އެމްއެމްއޭ އިން ގެޒެޓުކުރި ގަވާއިދާކީ 1987 ވަނަ އަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަމުން އައި މަނިޓަރީ ގަވާއިދުގެ ބަދަލުގައި އަލަށް އެކުލަވައިލި ގަވާއިދެކެވެ. މިއަދުން ފެށިގެން ބޭރު ފައިސާއާ ބެހޭ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު ކުރިން އަމަލަކުރި މަނިޓަރީ ގަވާއިދު އުވުނީ އެވެ. މި ގަވާއިދުގައި ބުނެފައިވަނީ ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރީގެ މުއާމަލާތްތަކެއް ކުރަންވަނީ ދިވެހި ރުފިޔާއިން ކަމަށެވެ. ނަމަވެސް އެ އުސޫލުން އިސްތިސްނާވާ ކަންތައްތަކެއް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން އަންނަނިވި ކަންކަމުގައި ބޭރު ފައިސާ ބޭނުންކުރެވިދާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.