ދައުވާތަކާއި ބަންދު މުރާޖައާ ކުރަން އެދުމުގެ ފުރުސަތު ހުޅުވާލައިފި

ޕީޖީ އޮފީހުން މިފުރުސަތު ހުޅުވާލާފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ބަދަލުވުމާއެކު އެ އޮފީހަށް ގިނަ ޝަކުވާތަކެއް އަންނާތީ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް --

މިހާރު ކޯޓަށް ހުށަހަޅާފައިވާ ދައުވާތަކާއި، ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖައާކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުޅުވާލައިފި އެވެ.

މި ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ އޮފީހުން ބުނީ، މުރާޖައާ ކުރުމަށް އެދި ހުށަހަޅާ ފޯމު އެ އޮފީހާއި، އެ އޮފީހުގެ ގޮފިތަކުން އަދި ޕޮލިސް ސްޓޭޝަންތަކުންނާއި، ކަރެކްޝަނަލް ސާވިސްގެ މީހުން ބަންދުކުރާ މަރުކަޒުތަކުން ލިބޭނެ ކަމަށެވެ. 

އޮންލައިންކޮށް ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ފޯމު ޑައުންލޯޑް ކުރެވޭނެ އެވެ.

ޕީޖީ އޮފީހުން މިފުރުސަތު ހުޅުވާލާފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ބަދަލުވުމާއެކު އެ އޮފީހަށް ގިނަ ޝަކުވާތަކެއް އަންނާތީ އެވެ. އާ ޕީޖީ، އައްބާސް ޝަރީފް އިއްޔެ ވިދާޅުވެފައި ވަނީ ޝަކުވާ ހުށަހަޅާ މައްސަލަތައް ރިވިއުކުރަން ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

އެއްވެސް މައްސަލައެއް އަމިއްލަފުޅަށް ނުބައްލަވާނެ ކަމަށާއި، ހަމައެކަނި ރިވިއު ކުރާނީ ޝަކުވާ ލިބޭ މައްސަލަތައް އެކަނި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ބޮޑެތި ތުހުމަތުތަކާއެކު ކުރީގެ ޕީޖީ ހުސައިން ޝަމީމް މަގާމުން ވަކި ކުރުމަށް މަޖިލީހުން ނިންމީ މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހު އެވެ. ޕީޖީގެ މަގާމަށް އައްބާސް އައްޔަންކޮށްފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.