އިންކަމް ޓެކްސް ނުދައްކާ 43 ކުންފުނި | މަޝްހޫރު ގިނަ ނަންތަކެއް

މީރާއިން މި ލިސްޓުގައި ނެރެފައިވަނީ އިންކަމް ޓެކްސް ނުދައްކާ ބޮޑެތި ކުންފުނިތަކެވެ. މި ކުންފުނިތަކަކީ އަހަރެއްގެ މައްޗަށް އެ ކުންފުނިތަކުގެ އާމްދަނީ 200 މިލިއަނުން މަތީގެ ކުންފުނިތަކެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އިން މައުލޫމާތު ދެނީ

ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް އާއްމު ކުރުމުގެ އުސޫލުގެ ދަށުން އިންކަމް ޓެކްސް ނުދައްކާ ބޮޑު 43 ކުންފުނީގެ ނަން މީރާ އިން އާއްމުކޮށްފި އެވެ. 

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެރެފައިވާ މިދިޔަ އަހަރު އިންކަމް ޓެކްސް ނުދައްކާ ފަރާތްތަކުގެ ލިސްޓުގައި ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ކުންފުނިތައް ވެސް ހިމެނެ އެވެ. މި ފަރާތްތަކަކީ އަހަރެެއްގެ ތެރޭ އެ ފަރާތްތަކުގެ ޖުމްލަ އާމްދަނީ 200 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރުވެފައިވާ ފަރާތްތަކެވެ. 

މި ލިސްޓު ނެރެފައިވަނީ އިންކަމް ޓެކްސް ދެއްކުމުގެ ސުންގަޑި މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހަމަވީއިރު މި ފަރާތްތަކުން އިންކަމް ޓެކްސް ދައްކާފައި ނުވާތީ އެވެ. 

މީރާއިން ބުނީ މި ފަރާތްތަކުގެ ނަންތައް އާއްމު ކުރުމުގެ ކުރިން އީމެއިލް އާއި އެސްއެމްއެސް އަދި ފޯނުގެ ޒަރިއްޔާއިން މުއާމަލާތް ކުރެވި ފައިސާ ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުތައް ހަނދާކޮށްދީ، އެ އިލްތިމާސްތައް އަދާކުރަން ތަކުރާރުކޮށް ވަނީ ނަސޭހަތް ދެވިފަ އެވެ. 

މީރާއިން މިއަދު އިންކަމް ޓެކްސް ނުދައްކާ ފަރާތްތަކުގެ ލިސްޓުގައި ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ކުންފުނިތައްވެސް ހިމެނެ އެވެ. މިގޮތުން އެންމެ މަޝްހޫރު ކުންފުންޏެއްގެ ގޮތުގައި އޮތީ ޗައިނާ މެޝިނަރީ އިންޖިއަރިއަރިން ކޮޕަރޭޝަން އެވެ. އަދި ލަންކާގެ ސަންކަން އޯވަސިސް ކުންފުނީގެ އިތުރުން ސައޫދީ ބިންލާދިން ގްރޫޕު ހިމެނެ އެވެ. 

އިންކަމް ޓެކްސް ނުދައްކާ ކުންފުނިތައް

  •  ތްރީއޭ ޓްރޭޑިން ކޯޕަރޭޝަން
  •  ހޮޑާފުށި ރިސޯޓުގެ ހިއްސާދާރު އަބްދުﷲ އަލީ
  •  އައިމާ ކޮންސްޓްރަކްޝަން
  •  ބިގްފިޝް މޯލްޑިވްސް
  •  ބޮން ފްރީ ޕްރައިވެޓް ލިމިޓެޑް
  •  ކެރެސީޒް ރިސޯޓް މޯލްޑިވްސް
  •  ސެންޗޫރިއަން ޕަބްލިކް ލިމިޓެޑް
  •  ޗައިނާ ސްޓޭޓް އިންޖިނިއަރިން
  •  ކޮރަލް އައިލެންޑް ރިސޯޓް މޯލްޑިވްސް
  •  ދިވެހި ވިއުގަ ޕްރައިވެޓް ލިމިޓެޑް
  •  ޑްރިފްޓްމޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  •  އެކާވޯ
  •  އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް
  •  އިކުއެޓޯރިއަލް ލައިންސް ޕްރައިވެޓް ލިމިޓެޑް
  •  އިހުސާން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
  •  ކަނޑިންމަ ހޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  •  ލިޓަސް ކޮންސްޓްރަކްޝަން
  •  ލިޓަސް ޖެނެރަލް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް
  •  ލިޓަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  •  މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް
  •  މޯލްޑިވިއަން ހޯލްޑިން ވިލެޖާސް
  •  މެދުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
  •  މެގަ އިން ފްރާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް
  •  މިރިޔަންދޫ މޯލްޑިވްސް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް
  •  ނަވަލޯކާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  •  ޕްލެޓިނަލް ކެޕިޓަލް ހޯލްޑިންގް
  •  ޕްރެޓިނަމް ރިއަލް އެސްޓޭޓް
  •  ރިނިއުބަލް އެނާޖީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  •  ސަންކަން އޯވަސިސް ޕްރައިވެޓް ލިމިޓެޑް
  •  ސާވޭ ކޮންސްޓްރަކްޝަން
  •  ސައޫދީ ބިންލާދީން ގްރޫޕް
  •  ސީނިއަ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް
  •  ސެނޯކް ޓްރޭޑް ކެބިނީ ޕްރައިވެޓް ލިމިޓެޑް
  •  ޝީޝާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  •  ސިޔާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  •  ޓެޕް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  •  ޓެންސާ ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑް
  •  ޓްރެވަލާސް ސްޓްރީޓް ޕްރައިވެޓް ލިމިޓެޑް
  •  ވިއޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  •  ޑަބްލިއުއޭއެމް ޕްރައިވެޓް ލިމިޓެޑް
  •  ޔޮންސަން އިންޖިއަރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  •  ޒަހާ ރެސިޑެންސް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑް

ޝީޝާ އައި ލިޓަސް ވެސް ލިސްޓުގައި ހިމެނޭ

މި ކުންފުނީގެ ލިސްޓުގައި ރާއްޖޭގެ މަޝްހޫރު ގިނަ ކުންފުނިތަކެއް ހިމެނެ އެވެ. މިގޮތުން ގިނަ އަދަދެއްގެ އިމާރާތް ކުރުމުގެ ވިޔަފާރި ކުރާ ކުންފުނިތައް ހިމެނެ އެވެ. މި ކުންފުނިތަކުގެ ތެރޭގައި އައިމާ ކޮންސްޓްރަކްޝަން އާއި ސާވޭ ކޮންސްޓްރަކްޝަން ހިމެނެ އެވެ. މީގެ އިތުރުން ޓެކްސް ނުދައްކާ ލިސްޓުގައި އަބަދުވެސް އޮންނަ ތްރީއޭގެ ދަށުން ހިންގާ ހުރިހާ ވިޔަފާރިތަކުންވެސް ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ދައްކަމުން ނުދެ އެވެ. އަދި ސައިކަލް ވިއްކާ ޝީޝާ ވެސް އިންކަމް ޓެކްސް ނުދައްކާ ލިސްޓުގައި ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.