އޮގަސްޓް މަހު ތަކެތީގެ އަގުތައް ރާއްޖޭގައިވަނީ ޖުލައި މަހާ އަޅާބަލާނަމަ 0.19 ޕަސެންޓުގެ އުފުލުމެއް އައިސްފަ އެވެ.
މިދިޔަ އޮގަސްޓް މަހު ޖުލައި މަހާ އަޅާބަލާއިރު އެންމެ ބޮޑަށް އަގު ދަށްވެފައިވަނީ ކަރަންޓު ބިލްތަކުން ކަމަށާ އަދި އަގުތައް އެންމެ މަތިވެގެން ގޮސްފައިވަނީ މޭވާއިން ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފި އެވެ.
ހިދުމަތާއި ތަކެތީގެ އަގުތައް އާއްމުކުރަން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރޭ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އޮގަސްޓް މަހު އެންމެ ބޮޑަށް ދަށްވެފައިވަނީ ކަރަންޓު ބިލްތަކުގެ އަގެވެ.
ކަރަންޓުގެ އަގުތައް ވަނީ 1.94 ޕަސެންޓުގެ ވެއްޓުމެއް އައިސްފަ އެވެ. މީގެ އިތުރުން ދެން އަގުތައް ދަށަށް ގޮސްފައިވަނީ ފޯނުގެ ހިދުމަތްތަކުގެ އެވެ. މިބައިގެ އަގުތައް ވަނީ 2.56 ޕަސެންޓު ދަށްވެފަަ އެވެ. އަދި ކިރާއި ބިހުގެ އަގު ވެސް ހުރީ 0.83 ޕަސެންޓް ދަށްވެފަ އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް ނެރުނު ކޮންސިއުމާ ޕްރައިސް އިންޑެކްސް ދައްކާ ގޮތުން މި އަހަރުގެ ޖުލައި މަހާއި އޮގަސްޓް މަހަށް ބަލާނަމަ އަތޮޅުތެރޭގައި ތަކެތީގެ އަގުތައް ދަށްވިނަމަވެސް މާލޭގައި އަގުތައް ހުރީ އުފުލިފަ އެވެ.
އޮގަސްޓް މަހު ތަކެތީގެ އަގުތައް މުޅި ރާއްޖޭގައިވަނީ ޖުލައި މަހާ އަޅާބަލާނަމަ 0.19 ޕަސެންޓުގެ އުފުލުމެއް އައިސްފަ އެވެ. މިއީ ޖުލައި މަހު ހުރި ވަރަށްވުރެ 0.10 ޕަސެންޓުގެ މަތިވުމެކެވެ.