އިމިގްރޭޝަންގެ އަމާޒެއް؛ ތިން އަހަރު ތެރޭ ގަވާއިދާ ހިލާފު ބިދޭސީންގެ މައްސަލަ ހައްލުކުރުން

މާލޭގައި އިމިގްރޭޝަނުން ކުރާ މަސައްކަތް އަތޮޅު ތެރެއަށް ފުޅާކުރުމުގެ ޕްލޭންތައް ތައްޔާރުކުރަމުންދާކަން ފާހަގަކުރައްވައި ޝަމްއާން ވިދާޅުވީ އަމާޒަކީ ތިން އަހަރު ތެރޭ ގަވާއިދާ ހިލާފު ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯއްދެވުން ކަމަށެވެ.

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު، ފޮޓޯ: އިމިގްރޭޝަން

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރުން ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ. 

އިއްޔެ އިމިގްރޭޝަނުން ހުޅުމާލޭގައ ފެށި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ދެނެގަތުމުގެ ބޮޑު އޮޕަރޭޝަނާ ގުޅޭ ގޮތުން ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ޝަމްއާން ވިދާޅުވީ މިހާތަނަށް ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުން އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ނެރެވެމުންދާ ކަމަށެވެ. 

އެގޮތުން ޝަމްއާން ފާހަގަކުރެއްވީ މާލޭގައި އިމިގްރޭޝަނުން ކުރިއަށްގެންދިޔަ އިންސްޕެކްޝަންތަކުގައި ގަވާއިދުގެ ތެރެއަށް ވަނުމަށް ނޯޓިސްދީފައިވާ ބިދޭސީންގެ 90 އިންސައްތަ މީހުން އިމިގްރޭޝަނށް ހާޒިރުވެފައިވާކަމެވެ. 

އިއްޔެ ހުޅުމާލޭގައި އިމިގްރޭޝަނުން ހިންގި އޮޕަރޭޝަން، ފޮޓޯ: އިމިގްރޭޝަން

އަދި ލިޔެކިޔުން ރަނގަޅުކޮށް ވިސާ ރަނގަޅުކުރަން ބޭނުންވި ބިދޭސީންނަށް އިމިގްރޭޝަނުން ވިސާ ރަނގަޅުކޮށްދީފައިވަކަން ފާހަގަކުރައްވައި ޝަމްއާން ވިދާޅުވީ މިހާރު ފެށިފައިވާ މަސައްކަތްތަކާ ގުޅިގެން ބިދޭސީ މަސައްކަތްތެރިންނާއި ބިދޭސީންނަށް ވަޒީފާ ދޭ ފަރާތްތަކުންވެސް ގަވާއިދުގެ ތެރެއަށް ބިދޭސީން ފެއްތުމަށް މަސައްކަތްކުރާކަން ފާހަގަކުރެއްވޭ ކަމަށެވެ. 

އޭގެ އިތުރަށް ޝަމްއާން ވިދާޅުވީ މިހާރު އިމިގްރޭޝަނުން މާލެ ސަރަހައްދުގައި ކުރަމުންދާ މަސައްކަތްތައް އަތޮޅު ތެރެއަށް ފުޅާކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން އެކަމަށްޓަކައި އެކުލަވައިލަންޖެހެ ޕްލޭންތައް ތައްޔާރުކުރަމުންދާކަން ފާހަގަކުރައްވައި ޝަމްއާން ވިދާޅުވީ އަމާޒަކީ ތިން އަހަރު ތެރޭ ގަވާއިދާ ހިލާފު ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯއްދެވުން ކަމަށެވެ. 

"އަޅުގަނޑުމެންގެ މުޅި ޓާގެޓަކީ މި 3 އަހަރު ތެރޭގައި ގަވާއިދާ ހިލާތަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮން ހައްލުކުރުން. މިހާރު ކުރެވެމުން ދަނީ އެ މަސައްކަތް. އޭގެ ތެރޭގައި ބައެއް މީހުންނަށް ރެގިއުލަރައިޒް ވުމުގެ ފުރުސަތު ވަނީ ހުޅުވިފައި. އަދި ރިކޯޑްނެއް ފަރާއްތައް އަޅުގަނޑުމެންގެ ކުރަގި އޮޕްރޭޝަންގެ ތެރެއިން އެމީހުން ރަޖިސްޓަރ ވެވިގެން ދާނެ. އަދި އެންފޯސްކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަތް ދަނީ،" ޝަމްއާން ވިދާޅުވި އެވެ. 

ޝަމްއާން އެދިވަޑައިގެންފައިވަނީ ވިޔަފާރިތަކުން އިމިގްރޭޝަނުގެ މަސައްކަތަށް އެއްބާރުލުންދީ ވަޒީފާތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ނުގެންގުޅުމަށެވެ. 

އިއްޔެ ހިންގި އޮޕަރޭޝަނުގައި އިމިގްރޭޝަނުންވަނީ ހުޅުމާލޭގެ 27 ޒޯނެއް ބަލައިފާސްކޮށްފަ އެވެ. އަދި ބިދޭސީން މަސައްކަތްކުރާ ފިހާރަތަކާއި، ސެލޫންތަކާއި، ސައިހޮޓާ ކެފޭތައް ފަދަ ތަންތަން ބަލައިފާސްކުރި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.