އޮޅުވާލިޔަ ނުދެއްވާ! އިޒްރޭލުން ހަނގުރާމަ އެ ކުރަނީ ހުރިހާ މުސްލިމުންނާ

"ހުޅަނގުގެ ގައުމުތަކުން މިކަން އޮޅުވާލިޔަ ނުދެއްވާ،" އިޒްރޭލު ދިފާއު ކުރަން ހުޅަނގުން ފަތުރާ ޕްރޮޕެންޑާއާ މެދު ސަމާލުވުމަށް އެދި މައުމޫން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

އިސްރާއީލުން ހަނގުރާމަ ކުރަނީ ހަމައެކަނި ހިޒްބުﷲ ޖަމާއަތާ އެކަނި ނޫން ކަމަށާ އެ މީހުން ހަނގުރާމަ ކުރަނީ ހުރިހާ މުސްލިމުންނާ ދެކޮޅަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ. ދިވެހި ބަހުން ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އިސްރާއީލުން ހަނގުރާމަ ކުރަނީ ހަމައެކަނި ހިޒްބުﷲ އަކާ ނޫން ކަމަށެވެ. އެ މީހުން ހަނގުރާމަ އެ ކުރަނީ ހުރިހާ އަރަބީންނާއި ހުރިހާ މުސްލިމުންނާ ދެކޮޅަށް ކަމަށް ވިދާޅުވި އެވެ.

"ހުޅަނގުގެ ގައުމުތަކުން މިކަން އޮޅުވާލިޔަ ނުދެއްވާ،" އިޒްރޭލު ދިފާއު ކުރަން ހުޅަނގުން ފަތުރާ ޕްރޮޕެންޑާއާ މެދު ސަމާލުވުމަށް އެދި މައުމޫން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

އެމެރިކާއާ އިނގިރޭސީން އަދި ފަރަންސޭސީންނާއި އެ ނޫން ވެސް ހުޅަނގުގެ ޔަހޫދީ ވެރީންގެ އެހީގައި އިޒްރޭލުން ދަނީ މުސްލިމުންނާއި ދެކޮޅަށް ވަރުގަދަ ގަތުލު އާންމެއް ހިންގަމުންނެވެ. ޔަހޫދީން ވެރިވެގަނެގެން ތިބި ފަލަސްތީނުގެ ބިމުން އެ ގައުމުގެ އަސްލު ވަޒަންވެރީން ނެރެލުމަށް އެ މީހުންނާއި ދެކޮޅަށް ގަތުލު އާންމު ހިންގާތާ އެތައް އަހަރެއް ވެއްޖެ އެވެ. 

ހާއްސަކޮށް ފަަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށެވެ. ފަލަސްތީނުގެ މިނިވަން ކަމަށްޓަކާ އެންމެ ވަރުގަދަ ޖިހާދެއް ކުރަމުންދާ ހަމާސް ޖަމާއަތުގެ ބާރާއި ވެރިކަން އޮތް ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް އިތުރުކޮށްފައިވާއިރު އިޒްރޭލުން މިހާރު ދިމާކޮށްލާފައި ވަނީ ހިޒުބުﷲ ޖަމާއަތާ އެވެ.

އެންމެ ޒަމާނީ ހަތިޔާރާއި އަސްކަރީ ވަރުގަދަ ގާބިލު ކަމެއް ވެސް ހިޒުބުﷲ ޖަމާއަތުން ވެސް ގެންދަނީ ޓެރަރިސްޓް އިޒްރޭލާ ދެކޮޅަށް ވަރުގަދަ ރައްދު ދެމުންނެވެ. އިޒްރޭލްގެ ހަގީގީ ބޭނުމަކީ އެ މީހުން ފަށާފައިވާ ހަނގުރާމައިގެ ތެެރެއަށް ވަށައިގެންވާ މުސްލިމު ގައުމުތައް، ފަހަރަކު ގައުމެއް ވެއްދުމަށް ފަހު އެ ގައުމެއްގެ ދުވަސް ދުއްވާލުމެވެ. އަދި ދުރުރާސްތާ ޕްލޭނެއްގެ ތެރެއިން ސައުދިއަރަބިއްޔާއާ ހަމައަށް އެ މީހުންގެ ނުފޫޒާއި ހަން ފެތުުރުމެވެ.

އެކަންކަމަށް ދެލޯ މަރާލާ މިވަގުތު ފަލަސްތީނާއި އަދި ލުބުނާނުގައި ހިންގަމުންދާ ގަތުލު އާންމު ނުފެންނަ ކަމަށް ދެކި ސައުދީއާ އިސްލާމީ ބޮޑެތި ގައުމުތަކުގެ ވެރީން ތިއްބެވީ ހަނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.