ޑަބްލިއުޓީއެމް އިންތިޒާމުކުރާ ފަރާތާއެކު މަޓާޓޯ އެކުގައި މަސައްކަތްކުރަން އެއްބަސްވެއްޖެ

ޓުއަރިޒަމް މިނިސްޓާ އިބްރާހީމް ފައިސަލް އަދި މާޓާޓޯގެ ސީއީއޯ

ލަންޑަނުގައި ބާއްވާ ދުނިޔޭގެ ދަތުރފަތުރާއި ފަތުރުވެރިކަމުގެ އެންމެ މަޝްހޫރު އެއް އެކްސްޕޯކަމަށްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގެ މިއަހަރުގެ ހަރަކާތުގައި އެކުގައި މަސައްކަތްކުރުމަށް އެ އެކްސްޕޯ އިންތިޒާމުކުރާ އާރްއެކްސް ގްލޯބަލްއާއެކު މަޓާޓޯއިން ރަސްމީކޮށް އެއްބަސްވުމެއް ގާއިމުކޮށް ޕާޓްނަޝިޕެއް ހަދައިފި އެވެ. 

ރާއްޖޭގެ ޓުއަ އޮޕަރޭޓަރުންނަށް ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ މަޓާޓޯއިން އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ޕާޓްނަޝިޕަކީ ދިވެހި ފަތުރުވެރިކަމަށް ލިބުނު މުހިއްމު ކުރިއެރުމެއް ކަމަށާއި، އެކަމުން ދައްކައިދެކީ މިފަދަ ބޮޑު ހަރަކާތެއްގައި މުހިއްމު ދައުރެއް އަދާކުރުމަށް މަޓާޓޯއަށް އެ ހަރަކާތް އިންތިޒާމުކުރާ ފަރާތުން ކުރާ އިތުބާރު ކަމަށެވެ. 

އަދި މަޓާޓޯއަކީ މިފަދަ މުހިއްމު އެއްބަސްވުމެއް ޑަބްލިއުޓީއެމް އޯގަނައިޒްކުރާ ފަރާތާއެކު ހެދި ހަމައެކަނި ދިވެހި ފަތުރުވެރިކަމާއި ދަތުރުފަތުރާ ގުޅޭ ޖަމްއިއްޔާ އެވެ. 

ޑަބްލިއުޓީމއެއަކީ ދުނިޔޭގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އަދި އެންމެ ބޮޑު އެއް އެކްސްޕޯކަމާއި، އެ އެކްސްޕޯ މި އަހަރު އޮންނަނީ ނޮވެންބަރު ފަހަކުން ހަތްވަނަ ދުވަހަށް ލަންޑަނުގެ އެކްސެލްގައި ކަން މަޓާޓޯއިން ފާހަގަކުރި އެވެ. 

5،000 އަށްވުރެ ގިނަ އެގްޒިބިޓަރުން އެ އެކްސްޕޯގައި ބައިވެރިވާއިރު 51،000 އަށްވުރެ ގިނަ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ އެކްސްޕޯއަށް 51،000 މީހުން ޒިޔާރަތްކުރާނެ ކަމުގައި އެ ޖަމްއިއްޔާއިން ބުނެފައިވެ އެވެ. އަދި މި ހަރަކާތަކީ ދުނިޔޭގެ ސްޓޭޖުގައި ރާއްޖޭގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންދިއުމަށް ލިބޭ ފުރުސަތެއްކަމަަށް މަޓާޓޯއިން ސިފަކުރި އެވެ. 

ވޯލް ޓްރެވެލް މާކެޓް ލަންޑަނާއެކު މީގެ ކުރިންވެސް އެޖަމްއިއްޔާއިން މަސައްކަތްކޮށްފައިވާނެ ކަމަށާއި، އެގޮތުން ހަމ މިފަދ އެއްބަސްވުމެއް 2016 ވަނަ އަހަރު ހެދި ކަމަށާއި، މިއަދުގެ އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓުކުރުމުގައި މަޓާޓޯގެ ލީޑާޝިޕު އިތުރަށް ސާބިތުކޮށްދޭ އެއްބަސްވުމެއް ކަމަށް މަޓާޓޯއިން ބުންޏެވެ. 

"މިއީ ވަރަށް މުހިއްމު އެއްބަސްވުމެއް ރާއްޖެއަށް. ޑަބްލިއުޓީއެމް ލަންޑަނާއެކު ގުޅިގެން މަސައްކަތްކުރުމަކީ ބައިނަލްއަގުވާމީ ސްޓޭޖުގައި ދިވެހިރާއްޖެ ފެންނަ މިންވަރު އިތުރުވާނެ ކަމެއް. ރާއްޖޭގެ މަތީ ފަންތީގެ އަދި ސިންދަފާތު ފަތުރުވެރިކަމުގެ ފުރުސަތުތައް ފާހަގަކޮށްދިނުމުގެ އިތުރަށް، އަޅުގަނޑުމެންގެ މެންބަރުންނާއި ހިއްސާދާރުންނަށް ވިއުގަތައް ގާއިމުކޮށް އެކީ މަސައްކަތް، ދުނިޔޭގެ ފެންވަރުގައި އިތުރު ފުރުސަތުތައް ފަހިވާނެ،" މަޓާޓޯގެ ސީއީއޯ ވިދާޅުވި އެވެ. 

އިތުރަށް މަޓާޓޯއިން ބުނީ ރާއްޖެއަކީ އެންމެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔެއިން ދެކޭއިރު، ޑަބްލިއުޓީއެމް ލަންޑަން 2024 އާއެކު ހެދި އެއްބަސްވުމުން ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖޭގެ މުހިއްމުކަން އިތުރަށް ހާމަވާނެ ކަމަށެވެ. 

އަދި މި އެއްބަސްވުން އައި ވަގުތަކީ ރާއްޖެއިން މިހާރު ދުނިޔެއަށް ހުށަހަޅާ ފަތުރުވެރިކަމުގެ ގިނަ ތަޖުރިބާތައް ހިއްސާކޮށް ދައްކައިލަން ތައްޔާރުވެފައި އޮތް ވަގުތެއް ކަމުގައި މަޓާޓޯއިން ބުންޏެވެ. އޭގެ ތެރޭގައި މަތީ ފަންތީގެ ރިސޯޓުތަކާއި، ގެސްޓުހައުސްތަކާއި އިކޯ ޓުއަރިޒަމާއި ސަގާފީ މަންޒިލުތައް ހިމެނޭކަން އެ ޖަމްއިއްޔާއިން ފާހަގަކުރި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.