ފުލުހުން ދެންމެ ބުނީ ސާއިފު މާލޭން ފެނިފައިވާ ކަމަށެވެ. ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ. ނަމަވެސް އާއިލާއަށް ހަބަރެއް ނުވެ ދިޔައީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ.
އާއިލާއަށް ހަބަރެއް ނުވެގެން ހޯދަމުން ދިޔަ ހޯރަފުށި ހިރާ، މުހައްމަދު ސާއިފް ފެނިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.
ސާއިފަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރި އެކެވެ. އުމުރުން 30 އަހަރުގެ ސާއިފުގެ ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އާއިލާ އިން ރިޕޯޓް ކުރުމުން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ހާމަކުރީ މިއަދު މެންދުރު ފަހު އެވެ.
ހުޅުމާލޭގެ ފްލެޓެއް ގައި ދިރިއުޅޭ މި މީހާ އެންމެ ފަހުން ފެނިފައި ވަނީ ރޭ ނުވައެއް ޖަހާކަންއިރު ހުޅުމާލެ ފޭސް ތިނަކުން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުންޏެވެ. ފޭސް ތިނަކީ އަދި ހިއްކުމުގެ މަސައްކަތް ހިނގަމުންދާ ސަރަހައްދެކެވެ.
އެ ސަރަހައްދަށް ވަނުމަކީ މަނާކަމެއް ނަަމަވެސް ސައިކަލުގައި ގިނަ ބަޔަކު އެ ސަރަހައްދު ބަލާލަން ވަދެ ހަދަ އެވެ.
ފުލުހުން ދެންމެ ބުނީ ސާއިފު މާލޭން ފެނިފައިވާ ކަމަށެވެ. ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ. ނަމަވެސް އާއިލާއަށް ހަބަރެއް ނުވެ ދިޔައީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ.