ހުޅުމާލޭގެ ފްލެޓެއް ގައި ދިރިއުޅޭ މި މީހާ އެންމެ ފަހުން ފެނިފައި ވަނީ ރޭ ނުވައެއް ޖަހާކަންއިރު ހުޅުމާލެ ފޭސް ތިނަކުން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުންޏެވެ.
މީހަކު ގެއްލިގެން އޭނާގެ އާއިލާ އިން ކުރި ރިޕޯޓަކާއި ގުޅިގެން އެ މީހާ ހޯދަމުންދާކަން އިއުލާނުކޮށް ފޮޓޯއާ ވަނަވަރު އާންމުކޮށްފި އެވެ. ގެއްލިގެން ހޯދަމުން ދަނީ އުތުރުގެ ހޯރަފުއްޓަށް ނިސްބަތްވާ މީހެކެވެ.
އެއީ ހޯރަފުށި ހިރާ، މުހައްމަދު ސާއިފް އެވެ. ސާއިފަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރި އެކެވެ. އުމުރުން 30 އަހަރުގެ ސާއިފުގެ ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އާއިލާ އިން ރިޕޯޓް ކުރުމުން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ބުންޏެވެ.
ހުޅުމާލޭގެ ފްލެޓެއް ގައި ދިރިއުޅޭ މި މީހާ އެންމެ ފަހުން ފެނިފައި ވަނީ ރޭ ނުވައެއް ޖަހާކަންއިރު ހުޅުމާލެ ފޭސް ތިނަކުން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުންޏެވެ. ފޭސް ތިނަކީ އަދި ހިއްކުމުގެ މަސައްކަތް ހިނގަމުންދާ ސަރަހައްދެކެވެ.
އެ ސަރަހައްދަށް ވަނުމަކީ މަނާކަމެއް ނަަމަވެސް ސައިކަލުގައި ގިނަ ބަޔަކު އެ ސަރަހައްދު ބަލާލަން ވަދެ ހަދަ އެވެ.
ފުލުހުން ބުނި ގޮތުގައި ސާއިފު އެންމެ ފަހުން ލައިގެން ހުރީ މަޑު ފެހި ކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެކެވެ. އޭނާއާ ބެހޭ އެއްވެސް މަައުލޫމާތެއް އެނގޭނަމަ ފުލުހާ ހިއްސާ ކުރުމަށް ވެސް ވަނީ އެދިފަ އެވެ.