ހައްޖު ކޯޕަރޭޝަންގެ ނިއަމް ރެސިޑެންސްގެ ޑިޒައިން ހިދުމަތްތައް އެފްޑީސީއަށް

މި އެއްބަސްވުމުގެ މަގުސަދަކީ އެފްޑީސީން ބުނި ގޮތުގައި، ހައްޖު ކޯޕަރޭޝަނުގެ "ނިއަމް ރެސިޑެންސް" މަޝްރޫއުއަށް ބޭނުންވާ އާކިޓެކްޗަރަލް، އިންޖިނިއަރިން އަދި ކުރެހުންތައް ފޯރުކޮށްދިނުމާއި، ކޮންސަލްޓެންސީގެ ހިދުމަތް ފޯރުކޮށްދިނުމެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ތަރައްގީކުރާ "ނިއަމް ރެސިޑެންސް" މަޝްރޫއުގެ ޑިޒައިން ހިދުމަތްތައް ފޯރުކޮށްދިނުމަށް، އެ ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލެވެ. އަދި ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލެވެ.

މި އެއްބަސްވުމުގެ މަގުސަދަކީ އެފްޑީސީން ބުނި ގޮތުގައި، ހައްޖު ކޯޕަރޭޝަނުގެ "ނިއަމް ރެސިޑެންސް" މަޝްރޫއުއަށް ބޭނުންވާ އާކިޓެކްޗަރަލް، އިންޖިނިއަރިން އަދި ކުރެހުންތައް ފޯރުކޮށްދިނުމާއި، ކޮންސަލްޓެންސީގެ ހިދުމަތް ފޯރުކޮށްދިނުމެވެ.

މި އެއްބަސްވުމުގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި މޯލްޑިވް ގޭސް އާއެކުވެސް ފަހުމުނާމާއެއްގެ ދަށުން މިފަދަ ހިދުމަތްތައް އެފްޑީސީން ދަނީ ފޯރުކޮށްދެމުންނެވެ. އެފްޑީސީއަށް ފަސް އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން މި ކޯޕަރޭޝަނުގެ މެންޑޭޓަށް އައި ބަދަލާއެކު، އެ ކޯޕަރޭޝަނުން ދަނީ އާމްދަނީ އިތުރުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެފްޑީސީ އިން ބުނީ މި މަޝްރޫއުތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމަކީ، މި ދާއިރާއިން އިތުރު ފުރުސަތުތައް ހުޅުވި އަދި އެ ކުންފުންޏަކީ ފައިދާ ލިބޭ ކުންފުންޏަކަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.