ރާއްޖެ- އޮސްޓްރޭލިއާގެ ފުރަތަމަ ސީނިއާ އޮފިޝަލް ޓޯކްސް ބާއްވައިފި

ދިވެހި ހާރިޖިއްޔާ ގައި މިއަދު މެންދުރު ފަހު ބޭއްވި ބައްދަލުވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން މިހާރަށްވުރެން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ވުޒާރާ އިން ބުންޏެވެ.

ރައީސް މުއިއްޒު އަދި އޮސްޓްރޭލިއާގެ ބޮޑުވަޒީރު

ދިވެހި ސަރުކާރާއި އޮސްޓްރޭލިއާ ސަރުކާރާ ދެމެދު ބާއްވާ ފުރަތަމަ ސީނިއާ އޮފިޝަލްސް ޓޯކްސް މިއަދު މާލޭގައި ބާއްވައިފި އެވެ. 

ދިވެހި ހާރިޖިއްޔާ ގައި މިއަދު މެންދުރު ފަހު ބޭއްވި ބައްދަލުވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން މިހާރަށްވުރެން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ވުޒާރާ އިން ބުންޏެވެ.

މި ބައްދަލު ކުރެއްވުމުގައި ތަފާތު ދާއިރާތަކާ ބެހޭގޮތުން ދެ ގައުމުގެ މެދުގައި ފުޅާދާއިރާ އެއްގައި މަޝްވަރާ ކުރެވުނު ކަމަށާ އޭގެ ތެރޭގައި ވެރިކަން ހިންގުމާއި ޑިމޮކްރަސީ އާއި ވިޔަފާރީގެ ދާއިރާ އާއި ފަތުރުވެރިކަމާއި މޫސުމަށް އަންނަ ބަދަލުތަކާއި، ދިފާއީ ސަލާމަތާއި ތަރައްގީގެ ދާއިރާ ހިމެނޭ ކަމަށް ވެސް ބުންޏެވެ.

ސީނިއާ އޮފިޝަލް ޓޯކްސްގެ ފުރަތަމަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި މިނިސްޓްރީ އޮފް ޑިފެންސާއި އެމްއެންޑީއެފާއި ކޯސްޓް ގާޑާއި މިނިސްޓްރީ އޮފް ހޯމްލޭންސް ސެކިއުރިޓީ އެންޑް ޓެކްނޮލޯޖީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި މިނިސްޓްރީ އޮފް ފިނޭންސާއި މިނިސްޓްރީ އޮފް ޓޫރިޒަމާއި މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ އިތުރުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގެ އިސްވެރިއަކަށް ހުންނެވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އެވެ. އަދި އޮސްޓްރޭލިއާ ވަފުދުގެ އިސްވެރިއަކަށް ހުންނެވީ އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ފަސްޓް އެސިސްޓެންޓް ސެކްރެޓަރީ މިސް ސާރާ ސްޓޯރީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.