ޖަލު ބަންދުގައި ތިބޭ މީހުން މަރުވުމުގެ ހާދިސާތައް ތަކުރާރުވާތީ އެމްޑީޕީން ކަންބޮޑުވެއްޖެ

އެ ޕާޓީން ބަޔާނެއް ނެރެ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި 62 އަހަރުގެ ފިރިހެނަކު މާފުށީ ޖަލުގައި މިއަދު އަމިއްލައަށް މަރުވެފައި ވަނިކޮށެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އަދި ޕާޓީގެ އިދާރީ އިސް ބޭފުޅުން

ޖަލު ބަންދުގައި ތިބޭ މީހުން މަރުވުމުގެ ހާދިސާތައް ތަކުރާރުވަމުންދާތީ އިދިކޮޅު މައި ޕާޓީ -- އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޕާޓީން ބަޔާނެއް ނެރެ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި 62 އަހަރުގެ ފިރިހެނަކު މާފުށީ ޖަލުގައި މިއަދު އަމިއްލައަށް މަރުވެފައި ވަނިކޮށެވެ. އެ ޕާޓީން ނބުނީ ޖަލު ބަންދުގައި ތިބޭ މިހުން މަރުވުމުގެ ހާދިސާތައް ތަކުރާރުވަމުންދާތީ ކަންބޮޑުވާ ކަމަށެވެ.

މި ހާދިސާ ހިނގާފައި މި ވަނީ މި ސެޕްޓެންބަރު މަހުގެ ކުރީކޮޅު މާލޭގައި އަންހެނަކު ރަހީނުކުރި އާދަމް އަތުހަރު ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ކަސްޓޯޑިއަލްގައި ހުއްޓައި އޭނާ އަމިއްލައަށް މަރުވުމަށް މަސައްކަތް ކުރުމުން، މާލެ ގެނެސް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވި މައްސަލައިގައި އާއްމު ރައްޔިތުންނާއި އެމްޑީޕީން ނުހަނު ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގުމަށާ އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި ފިޔަވަޅުތައް އެޅުމަށް ގޮވައިލައިފައި ވަނިކޮށް ކަން ވެސް އެމްޑީޕީން ފާހަގަކޮށްފައިވެ އެވެ.

އެމްޑީޕީން ބުނީ ދައުލަތުގެ ބެލުމުގެ ދަށުން ބަންދުގައި ހުންނަ ކޮންމެ މީހެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ގާނޫނީ ގޮތުން ސަރުކާރުގެ މައްޗަށް ލާޒިމު ކަމެއް ކަމެއް ކަމަށްވުމާއި އަދި ދާދިފަހުން މި ބާވަތުގެ އެހެން ހާދިސާއެއް ހިނގައިފައި ވުމުން މި ގައިދީ ޖަލު ގޮޅީގައި ހަރަކާތްތެރިވަމުންދިޔަ ގޮތް ރަނގަޅަށް ބަލައި އެކަށީގެންވާ ވަގުތުގައި ފިޔަވަޅު އެޅުމުގައި އިހުމާލުތަކެއް އޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"..އަނެއްކާ ވެސް، ޖަލު ބަންދުގައި ހުރި މީހަކު މަރުވުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އިހުމާލު އޮތް ކަމަށް ބެލުމުގެ ޖާގަ އޮތްއިރު މިކަމުގެ ފުރިހަމަ މިނިވަން ތަހުގީގެއް ހިންގައި އެ ތަހުގީގު އާންމުކުރުމަށް ދިވެހިރައްޔިތުންގެ ޕާޓީން ދައުލަތުގެ މުއައްސަސާތަކަށް ގޮވާލަމެވެ. މި ތަހުގީގުތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް މިފަދަ ހާދިސާތައް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅުތައް އެޅުމަށް ވެސް ހުރިހާ އިދާރާއަކަށް މި ޕާޓީން ގޮވާލަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.