ކުއްތާ ބޭނުންކޮށްގެން ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ގައި ފަށައިފިއެވެ.
މި އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް، ފުލުހުންނާއި މޯލްޑިވްސް ކަސްޓަމް ސަރވިސް އަދި މޯލްޑިވްސް އެއާޕޯސްޓް ކޮމްޕެނީ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ
މި މަސައްކަތުގެ ތެރެއިން ޑޯގް ސްކޮޑް އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އެނގިފައިވާ ގޮތުގައި މި އޮޕަރޭޝަނުގެ ތެރެއިން މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.
ފަހަކަށް އައިސް ރާއްޖެ އަންނަ ބިދޭސީންގެ އަތުން ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. އޭގެ ތެރޭގައި ރާއްޖެ ހިމެނޭހެން އެކި ގައުމުތަކަށް މަސްތުވާތަކެތި އެތެރެ ކުރާ މީހުންވެސް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ވަނީ ހައްޔަރުކޮށްފައެވެ.