އެ ޕްރަގްރާމް އަންނަ ބުރާސްފަތި ދުވަހު ފަށާނެ އެވެ. ކައުންސިލުން ބުނީ އެ ދުވަހުން ފެށިގެން ރަށުގެ އެކި ހިސާބުތަކުގައި ވާލަށް ބަޑި ޖެހުން ކުރިއަށްދާނެ ކަމަށެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު ބުނީ އެ ސިޓީގައި ވާ ގިނަވެ ވާލުގެ ސަބަބުން ދަނޑުބިންތަކަށާއި ގަސްތަކަށް ގެއްލުންވުމުގެ އިތުރުން ރަށުގެ އެކި ހިސާބުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ވެސް އެކި ވަރުގެ އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމުގެ ޝަކުވާ ކައުންސިލަށް ދަނީ ލިބެމުން ކަމަށެވެ.
ދެކުނުގައި އެއް ރަށެއްގެ މައްޗަށް އޮތް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ އެ ޝަކުވާތަކާއި ގުޅިގެން ކައުންސިލާއި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް ގުޅިގެން ވާ މަދުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
އެ ޕްރަގްރާމް އަންނަ ބުރާސްފަތި ދުވަހު ފަށާނެ އެވެ. ކައުންސިލުން ބުނީ އެ ދުވަހުން ފެށިގެން ރަށުގެ އެކި ހިސާބުތަކުގައި ވާލަށް ބަޑި ޖެހުން ކުރިއަށްދާނެ ކަމަށެވެ.
އެކަން އެންގުމުގެ ގޮތުން ކައުންސިލުން ވަނީ އިއުލާނެއް ވެސް ނެރެފަ އެވެ.
ފުވައްމުލަކަކީ ގުދުރަތީ ވަރަށް ބޮޑު ރީތިކަމެއް ލިބިފައިވާ ދަނޑުވެރިކަން ބޮޑު ރަށެެކެވެ.